ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި އެމްބާޕޭ ދައްކާލައިފި

ރެއާލް މެޑްރިޑުން ފާރަލާތާ އެތަކެއް އަހަރުތަކެއް ވެފައިވާ ފްރާންސްގެ ކީލިއަން އެމްބާޕޭ އެންމެފަހުން އެ ޓީމަށް ބަދަލުވުން --

ސްޕެއިންގެ ރެއާލް މެޑްރިޑުން ފާރަލާތާ އެތަކެއް އަހަރުތަކެއް ވެފައިވާ ފްރާންސްގެ ކީލިއަން އެމްބާޕޭ އެންމެފަހުން އެ ޓީމަށް ބަދަލުވެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފިއެވެ.

ރެއާލްގެ ދަނޑު ސަންޓިއާގޯ ބާނަބައުގައި ބޭއްވި ހާއްސަ އިވެންޓެއްގައި އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި އެމްބާޕޭ ދައްކާލާފައިވަނީ 80،200 މީހުންގެ ކުރިމަތީގައެވެ. މިއީ ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދެއްކި އިވެންޓަށް ވަދެފައިވާ އަދަދަށްވުރެ 400 މީހުން އިތުރު އަދަދެކެވެ.

ރެއާލާ އެކު އުމުރުން 24 އަހަރުގެ އެމްބާޕޭ ހަދާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ކުލަބާ ގުޅުމަށްފަހު އެމްބާޕޭ ބުނީ

ޔޫރޯގެ ކުރިން އެމްބާޕޭ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ރެއާލަށް ބަދަލުވާން ނިންމާފައިވާކަން ހިއްސާ ކޮށްފަ އެވެ. ރެއާލަށް ބަދަލުވުމަށްފަހު އެމްބާޕޭ ވަނީ އެއީ ބަޔާންކުރަން އުނދަގޫ ބޮޑު އުފަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"ކުޑައިރުން ފެށިގެން އަހަރެންގެ ހުވަފެނީ ކުލަބަކީ ރެއާލް މެޑްރިޑް ކ އެ ކުލަބަށް ބަދަލުވުން އެއީ ބަޔާންކުރަން އުނދަގޫ ބޮޑު އުފަލެއް" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ގެނައުމަށް ރެއާލުން މީގެކުރިން ކޮންމެ އަހަރަކު އެއްފަހަރު ބިޑުކުރެއެވެ. ނަމަވެސް ރެއާލުން އެކަން ހުއްޓާލީ ކޮންމެ ފަހަރަކު ވެސް އެކަން ނާކާމިޔާބު ވާތީއެވެ.

comment ކޮމެންޓް