ޒުވާނުންނަށް ޚާއްސަކޮށްގެން ލިއޯއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ބާއްވަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، އެމްއެންއެސްޑީއޭ އަދި މޯލްޑިވްސް ޕޮލިޓެކްނިކްއިން ލިއޯގެ ތިލަފުށީ ސައިޓަށް ކުރި ޒިޔާރާތުގެ ތެރެއިން: ޒުވާނުންނަށް ޚާއްސަކޮށް ގައުމީ ފެންވަރުގައި ލިއޯއިން އަންނަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ބާއްވަން މަޝްވަރާކުރަމުން -- ފޮޓޯ/ ލިއޯ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އަމިއްލަ ކުންފުންޏެއް ކަމަށްވާ ލިއޯ ޓްރޭޑިންއިން ޒުވާނުންނަށް ޚާއްސަކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެން ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިލަފުށީގައި ހިންގަމުންދާ ލިއޯގެ ވޯކް ސައިޓުތަކުގައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، އެމްއެންއެސްޑީއޭ އަދި މޯލްޑިވްސް ޕޮލިޓެކްނިކްއިން ލިއޯގެ ތިލަފުށީ ސައިޓަށް ކުރި ޒިޔާރާތުގެ ތެރެއިން: ޒުވާނުންނަށް ޚާއްސަކޮށް ގައުމީ ފެންވަރުގައި ލިއޯއިން އަންނަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ބާއްވަން މަޝްވަރާކުރަމުން -- ފޮޓޯ/ ލިއޯ

އެގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ލިއޯގެ ތިލަފުށި ސައިޓްތައް ކަމުގައިވާ ސްޓޯ، ވެއާހައުސް، ވޯކްޝޮޕް އަދި ޑޮކްޔާޑްގައި އުޖޫރަ ލިބޭގޮތަށް އަމަލީ މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިދިޔަ ބުދަ ދުވަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި، ޕޮލިޓެކްނިކް އަދި އެމްއެންއެސްޑީއޭއިން ވަނީ އެ ވޯކް ސައިޓްތައް ބަލާލުމަށް ޒިޔާރާތްކޮށްފައެވެ.

އެ ސައިޓުތަކަށް ކުރެވުނު ޒިޔާރަތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ގައުމަށް ބޭނުންވާ ބޮޑެތި މެގަ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ފެސިލިޓީސްއާއި މެޝިނަރީގެ އިތުރުން ހުރިހާ ރޭންޖެއްގެ ވެސެލްސް ލިއޯގައި އެބަ ހުރިކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، އެމްއެންއެސްޑީއޭ އަދި މޯލްޑިވްސް ޕޮލިޓެކްނިކްއިން ލިއޯގެ ތިލަފުށީ ސައިޓަށް ކުރި ޒިޔާރާތުގެ ތެރެއިން: ޒުވާނުންނަށް ޚާއްސަކޮށް ގައުމީ ފެންވަރުގައި ލިއޯއިން އަންނަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ބާއްވަން މަޝްވަރާކުރަމުން -- ފޮޓޯ/ ލިއޯ

އަދި ފަންނީގޮތުން އެ ކުންފުނިން ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާ ލިއޯއާ ގުޅިގެން ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި އެމްއެންއެސްޑީއޭ އަދި ޕޮލިޓެކްނިކުން ގިނަ މަސައްކަތްތަކެއް ކުރިޔަށް އޮތްތަނުގައި ރާވައި އިންތިޒާމް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިންޑަސްޓްރީތައް ލިސްޓްކުރިޔަސް %80 އަށްވުރެ ގިނަ ޕްރޮފެޝަން ލިއޯއިން މިވަގުތުވެސް ކަވަރު ކުރާކަން ފާހަގަކުރެވޭ. ސްކިލް ސެޓް އައިޑެންޓިފައި ނުކުރެވިވާ ވަރަށް ގިނަ ދާއިރާތައްވެސް ލިއޯގެ ސައިޓުތަކުން ފާހަގަކުރެވިފައިވާތީ، މަދުވާ ސްކިލްސްތައް ކުރިޔަށްއޮތް ޕްރޮގްރާމްތަކުގައި ހިމަނަން މަސައްކަތްކުރާނަން. އަދި ލިއޯގައި ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެފައި ހުރިކަން ފާހަގަކުރެވިފައިވާތީ، ވަޒީފާގެ ބާޒާރާ ގުޅުވޭނެ ގޮތްތައް އިންތިޒާމްކުރެވޭނެ، ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު

ލިއޯގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ސަވާދު ވިދާޅުވީ ލިއޯއަކީ އަބަދުވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެގޮތުން މި ދާއިރާއިން ތަމްރީނު ލިބިފައިވާ ދިވެހިން އިތުރުކުރުމަށް އަބަދުވެސް ސްކޯލަޝިޕްތައް ދިނުމާއެކު އެތައް ދަރިވަރުންނަކަށް ސްޕޮންސާވެސް ދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، އެމްއެންއެސްޑީއޭ އަދި މޯލްޑިވްސް ޕޮލިޓެކްނިކްއިން ލިއޯގެ ތިލަފުށީ ސައިޓަށް ކުރި ޒިޔާރާތުގެ ތެރެއިން: ޒުވާނުންނަށް ޚާއްސަކޮށް ގައުމީ ފެންވަރުގައި ލިއޯއިން އަންނަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ބާއްވަން މަޝްވަރާކުރަމުން -- ފޮޓޯ/ ލިއޯ

ލިއޯއިން ބުނީ މި ވޯކްޝޮޕާއެކު ސެޓްފިކެޓް ފެންވަރަށް ތަމްރީން ޕްރޮގްރާމްތައް ހިންގޭނެ ކަމަށެވެ. އަދި ލިއޯގެ އިންޓަނޭޝަނަލް ޕާޓްނަރުންގެ ޚާއްސަ ޓެކްނިކަލް ލައިސެންސްތައް ދޫކުރެވޭ ގޮތަށް ޓްރެއިނިން އިންސްޓިޓިއުޓެއް ވެސް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި އަމިއްލަ ފަރާތަކުން މިހާތަނަށް ހަދާ އެންމެ ބޮޑު ޓްރެއިނިން ފެސިލިޓީ ލިއޯއިން އަންނަނީ ގާއިމްކުރަމުންނެވެ. އެގޮތުން ތިލަފުށީގައި 43،000 އަކަފޫޓުގެ ސަރަހައްދެއްގައި ކޮމާޝަލް ޓްރެއިނިން އިންސްޓިޓިއުޝަނެއް އަންނަނީ އަޅަމުންނެވެ.

އެ ކުންފުނިން ބުނީ ޓްރެއިނިން އިންސްޓިޓިއުޓާއެކު ކިޔަވާ ދަރިވަރުންނަށް ޚާއްސަ އެކޮމޮޑޭޝަން ފެސިލިޓީ (ލިއޯ ހޯމް) ވެސް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

comment ކޮމެންޓް