މާމިގިލީ ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ހިއްކަނީ

އދ.މާމިނގިލި---

އދ. މާމިގިލީ އުތުރުފަރާތު ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަށް އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.

މާމިގިލީ ކައުންސިލް އިދާރާއިން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ވަނީ ރައްޔިތުންނަށް ޓުއަރިޒަމްގެ ބޭނުންހިފޭގޮތަށް ކައުންސިލުން ހުށަހަޅާފައިވާ ޗާޓުގައި ވާގޮތުގެ މަތީން 150 ފޫޓާއި 250 ފޫޓްގެ ރަށެއް ހިއްކުމާއި ރޮކްބޯޑާ ޖެހުމަށް ބޭނުންވާ އީއައިއޭ ހަދައިދޭނެފަރާތެއް ބޭނުންވާ ކަމަށެވެ.

އެ ސަރަޙައްދު ހިމެނޭ ޗާޓާއި މައުލޫމާތު ޝީޓްވެސް އެ ކައުންސިލުން ވަނީ ގެޒެޓުގައި ހިމަނާފައެވެ. އެ ކައުންސިލުން ވަނީ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ކައުންސިލް އިދާރާއަށް ގޮސް، އަންދާސީހިސާބު ހުށައެޅުމަށް އެދިފައެވެ.

ބިޑަށް ރަޖިސްޓްރީވުމަށް އެ ކައުންސިލްގެ އީމެއިލް [email protected] އަށް ކުންފުނީގެ ނަމާއި ރަޖިސްޓާ ނަންބަރާއި އީމެއިލް އެޑްރެސް އަދި ކޮންޓެކްޓް ނަންބަރު ފޮނުވުމަށް އިއުލާނުގައިވެއެވެ.

ރަޖިސްޓާ ވެވޭނެ އެންމެ ފަހުތާރީހަކީ މިމަހުގެ 22 ވާ ހޯމަދުވަހުގެ 12:00 ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ވަނީ މިކަމާ ގުޅުންހުރި އިތުރު މައުލޫމާތު ހޯދުމަށް އެ ކައުންސިލްގެ ރައީސް އިމާދު ފާރޫގުގެ މޯބައިލް ނަންބަރު 9997248 ގުޅުއްވުމަށް އެދިފައެވެ. އަދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް