Ooredoo

އަމިއްލަ ޚަރަދުގައި މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އަޅަން ގާސިމް ހުށަހަޅުއްވައިފި

ވިލާ ފައުންޑޭޝަންގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް: ކާޑެއްދޫ އެއާޕޯޓް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ކުންފުނި ވިލާ ފައުންޑޭޝަނުން އދ. މާމިނގިލީގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ހުއްދައަށް އެދިވަޑައިގެންފިއެވެ.

ADK GENERAl

އެ ހުއްދައަށް އެދިވަޑައިގެން ސީޕީއަށް އެޑްރެސްކުރައްވައި އިއްޔެ ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ގާސިމް ވިދާޅުވީ، މާމިގިއްޔަކީ އެ ރަށް އޮތް ރީޖަންގެ ހަތަރު އަތޮޅުގެ އާބާދީއަށް ބަލާއިރު އެންމެ ބޮޑު ރަށް ކަމަށާއި ބިމުގެ ގޮތުން ވެސް އެންމެ ބޮޑު އެއް ރަށް ކަމަށެވެ. އަދި، މާމިގިއްޔަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ވެސް އޮތް ރަށަކަށްވުމާ އެކު ރަށުގެ ވަށައިގެން ގިނަ ރިސޯޓުތަކެއް އޮތުމުން އެކި ޚިދުމަތް ހޯދުމަށް ގިނަ ބަޔަކު ޒިޔާރާތްކުރަމުންދާ ރަށެއް ކަމަށް ގާސިމް ވިދާޅުވިއެވެ. ވަޒީފާއާއި އެކިއެކި މަސައްކަތްތެރީން ހިމެނޭހެން މާމިގިލީގައި ދިރިއުޅޭ އާބާދީއަކީ ބޮޑު އާބާދީއެއްކަން ގާސިމް ވަނީ ފާހަގަކުރައްވައިފައެވެ.

ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއު -- ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

ގާސިމް ވިދާޅުވީ، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އދ. އަތޮޅުގެ ކްރައިމް ރޭޓް އެންމެ ގިނަ ރަށަކަށް މާމިގިލި ވެފައިވާތީ، ފުލުހުންގެ ޚިދުމަތް ދިނުމަށް ރީޖަން ފެންވަރުގެ ސްޓޭޝަނެއް މާމިނގިލީގައި ހުންނަންޖެހޭ ކަމަށް އެކި ފަހަރުމަތިން ވާހަކަދެކެވިފައިވާ ކަމަށެވެ.

އެގޮތުން، ފާއިތުވީ ފަސް އަހަރުތެރޭ ފުލުހުންގެ މަރުކަޒެއް މާމިގިލީގައި އެޅުމަށް ބަޖެޓުގައި ވެސް ހިމަނާފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މަސައްކަތް ފެށިފައިނުވާތީ މާމިނގިލީގައި ފުލުހުންގެ ޚިދުމަތް ދިނުމަށް އުޅެމުންދާ ދަތި ހާލަތު އެ މަނިކުފާނަށް ވަޒަންކުރެވޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން ސީޕީ ހުއްދަ ދެއްވައިފިނަމަ މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސަޝިޕްގެ ދަށުން އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި، އިމާރާތްކުރުމަށް ބޭނުންވާ ކުރެހުމާއި، އިމާރާތް ހެދުމަށް ސްޕޮންސްޝިޕް ގަބޫލުކުރިކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް

comment ރަނގަޅުކަމެއް.

1 month 7 day ago

މިސްކިތްތައް އަޅަންވެސް ބޭނުންވާ ފަރާތްތަކަށް ދެނީނޫންތޯ. އެހެންވީމާ ޕޮލިސް ސްޓޭޝަންތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތައް ފަދަ ތަންތަން ހަދަންވެސް ބޭނުންވާ ރައްޔިތަކަށް ދިނުމުގައި ކޮބައިތޯ މައްސަލައެއް. މިފަދަ ކޮންމެ ކަމަކީ އެކަން ކުރާ ފަރާތަށް މަތިވެރި ސަވާބާއި ދަރުމަ ލިބޭނެކަމެއް. ހަމައެކަނި މިސްކިތް އެޅީމައެއްނޫން އިނގޭތޯ ސަވާބު ލިބޭނީ. ތަޢުލީމު ފަތުރާނެ ސްކޫލްތަކާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމަށް އެހީތެރިވުމުގެ ގޮތުން ޕޮލިސް ސްޓޭޝަންތައް އެޅުމާއި، މިހުންނަނީ ހަމަ ރަނގަޅު ކަންކަން. ރައްޔިތުންނަށް ފުރުޞަތު ދެއްވަންވީ. ދައުލަތުން މިކަންކަން ނުކުރެވޭއިރު ކީއްވެތޯ ފުރުޞަތު ނުދޭންވީ.

comment ނަގުދު

1 month 7 day ago

ދައުލަތުގެ ޚިދުމަތްދޭ މުއައްސަސާއެއްގެ ޢިމާރާތް އަމިއްލަ މީހަކު އެޅުމަކީ ޤައުމެއްގެ ނިސްބަތުން ލަދުވެތިކަމެއް. އެކަން އެގޮތަށް ވެގެން ނުވާނެ. އެހެން ނޫން ފުލުހުން ހުޅުވާ ފަންޑަކަށް ވިލާ ފައުންޑޭޝަނުނއ އެހީއެއް ދެވިދާނެ. އެކަމަކު ވަކި ކަމެއް ކުރަން ފައިސާ ދީގެން ފުލުހުންގެ ޚިދުމަތް ފެށުމަކީ ދެރަވަރުކަމެއް.