މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމަނަން ނިންމައިފި

މާމިގިލީ ކަނދިލި މިސްކިތް --- ފޮޓޯ/ ހެރިޓޭޖު މިނިސްޓްރީ

އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމެނުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ތަރިކައިގެ ލިސްޓުގައި އެ މިސްކިތް ހިމަނަން ނިންމާފައިވާ ކަން އިއުލާނުކޮށް، އެ ވުޒާރާއިން ބުނީ، އެއީ ވަރަށް މަތީ ފެންވަރުގެ ރީތި, ހިރިގަލުގެ ފަންނީ މަސައްކަތްތަކެއް ފެންނަ މިސްކިތެއް ކަމަށެވެ.

އެހެންވެ އެ މިސްކިތަ ްތަރިކައިގެ ލިސްޓުގައި ހިމެނުމާ ގުޅޭ ގޮތުން ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި މާމިގިލީ ކައުންސިލްގެ ރައީސް ޢިމާދު ފާރޫގު މިފަހުން ވަނީ މަޝްވަރާކުރައްވާފައެވެ.

އިމާދު މިއަދު 'ސަން'އަށް ވިދާޅުވީ، އެ މިސްކިތަށް ގާތްގަނޑަށް 800އެއްހައި އަހަރު ވެފައިވާ ކަމަށެވެ.

މިދިޔަ ސަރުކާރުގައި ވެސް ތަރިކައިގެ ތެރޭގައި ހިމެނުމަށް ވާހަކަދެކެވުނު ނަމަވެސް، މިސްކިތުގައި މުށި ޖަހާފައި ހުރުމުން އެކަން ނުވި ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، މިސްކިތުގެ މުށިތައް މިހާރު ތަޅާލާފައިވާ ކަމަށާއި ކައުންސިލުގެ ވިސްނުމަކީ ތަރިކައިގެ ލިސްޓުގައި ނުހިމެނިޔަސް އެތަން ތަރިކައިގެ ގޮތުގައި ބޭނުންކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް