އޯލެވެލް ނިންމި ދަރިވަރުންނަށް އެވިޑް ކޮލެޖުން ކެރިއާ ކައުންސެލިން ކޭމްޕެއް ބާއްވަނީ

އެވިޑް ކޮލެޖުގެ ޗެއާމަން ޑރ. އަބްދުالله މުސްތާގް ރަޝާދު: އޭނާ ވިދާޅުވީ ކެރިއާ ކައުންސެލިން ކޭމްޕަކީ އޯލެވެލް ނިންމި ދަރިވަރުންގެ ތައުލީމީ ގޮތުން ހުރި ނިންމުންތައް ނިންމުމަށް ހިތްވަރުދީ ބާރުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށް -- ފޮޓޯ/ އެވިޑް

މިއަހަރު އޯލެވެލް އިމްތިހާނު ފުރިހަމަކުރި ދަރިވަރުންނަށް ހާއްސަކޮށް އެވިޑް ކޮލެޖުން 'އެވިޑް ކެރިއާ ކައުންސެލިން ކޭމްޕެއް'ގެ ނަމުގައި ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މި ކޭމްޕު އޮންނާނީ އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00އިން ހަވީރު 4:00އަށް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގެ މަގުސަދަކީ ދަރިވަރުންގެ ފަރުދީ ކުރިއެރުމާއި ކެރިއާ އިޚްތިޔާރުކުރުމަށް އެހީތެރިވެދިނުމެވެ.

އެވިޑް ކޮލެޖުން ބުނީ މި ކޭމްޕުގައި، އިންޓަރެކްޓިވް ސެޝަންތަކާއި، ތަޖުރިބާކާރުންގެ އިރުޝާދާއި، ވިސްނުމަށް މަގުފަހިކޮށްދޭ މަޝްވަރާތަކުގެ ޒަރިއްޔާއިން ދަރިވަރުން މުސްތަގުބަލުގައި ކުރިއަށްދާން ބޭނުންވާ ދާއިރާ އިހުތިޔާރުކުރުމުގައި އެހީތެރިވެދޭނެ ކަމަށެވެ.

މި ކެރިއާ ކައުންސެލިން ކޭމްޕުގެ ސަބަބުން ދަރިވަރުންގެ ޝައުގުވެރިކަމާއި، ހަރުދަނާކަން އަދި ބަލިކަށިކަން ދެނެގަނެ، މަތީ ތައުލީމާއި ކެރިއާ އޮޕްޝަންތަކާ ގުޅޭ އަގުހުރި މައުލޫމާތު ލިބޭނެއެވެ.

އެވިޑް ކޮލެޖުގެ ޗެއާމަން ޑރ. އަބްދުالله މުސްތާގް ރަޝާދު ވިދާޅުވީ، އެ ކޮލެޖުގެ ކެރިއާ ކައުންސެލިން ކޭމްޕަކީ އޯލެވެލް ނިންމި ދަރިވަރުންގެ މުސްތަގުބަލު އުޖާލާކުރުމަށާއި، އެކުދިންގެ ތައުލީމީ އަދި ޕްރޮފެޝަނަލް މަގުތަކާ ބެހޭ ގޮތުން ހުރި ނިންމުންތައް ނިންމުމަށް ހިތްވަރުދީ ބާރުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ.

އަންނަން އޮތް ޖީލުތަކުގެ ލީޑަރުންނާއި އިނޮވޭޓަރުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އިރުޝާދުތައް ފޯރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ، އެވިޑް ކޮލެޖުގެ ޗެއާމަން ޑރ. އަބްދުالله މުސްތާގް ރަޝާދު

އެވިޑް ކޮލެޖުން ބުނީ މި ކޭމްޕަށް ރަޖިސްޓްރީވާ ދަރިވަރުންނަށް ކޭމްޕުގެ ކުރިން ޕާސަނަލައިޒްޑް އޮންލައިން ލިންކެއް ލިބޭނެ ކަމަށެވެ. އެގޮތުން ގޭގައި ތިބެގެން ވާޗުއަލްކޮށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ކޭމްޕާ ގުޅުން ހުރި އިތުރު މައުލޫމާތު ހޯދުމަށް 9505070 އަށް ގުޅާ މައުލޫމާތު ހޯދުމަށް އެ ކޮލެޖުން އެދެއެވެ.

comment ކޮމެންޓް