ތިން ލެވެލެއްގެ ކޯސްތައް ހެދުމަށް ޗައިނާއިން ރާއްޖެއަށް ދޭ ސްކޮލިޝަޕަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނުން އެނގޭ ގޮތުގައި، ނުވަ ސްކޮލަޝިޕް ފުރުސަތު ޗައިނާއިން ވަނީ ދީފައެވެ. އެއީ، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ފުރުސަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ގައުމުން ދިވެހީން ކުރިމަތިލާން ހުޅުވާލާފައި ވަނީ، ބެލެޗާސް ޑިގްރީގެ ތިން ފުރުސަތާއި މާސްޓާސް ޑިގްރީގެ ހަތަރު ފުރުސަތުގެ އިތުރުން ދެ ޕީއެޗްޑީގެ ފުރުސަތެވެ.
https://x.com/MoEdumv/status/2124796172170928395
އޭގެތެރެއިން ބެޗެލާސް ޑިގްރީއަށް ކުރިމަތި ލެވެނީ، 25 އަހަރުވެފައިނުވާ މީހުންނަށް ކަމަށްވާއިރު، މާސްޓާސް ޑިގްރީގެ ކޯސްތަކަށް އެޕްލައި ކުރެވެނީ 35 އަހަރު ނުފުރޭ މީހުންނަށެވެ. އަދި، ޕީއެޗްޑީ ކޯހަށް ކުރިމަތިލެވެނީ، 40 އަހަރުވެފައި ނުވާނަމައެވެ.
އެ ސްކޮލަޝިޕްތަކަށް ކުރިމަތިލާ މީހަކީ، ކިޔެވުމަށް ލޯނެއް ނަގާފައިވާ މީހެއް ނަމަ، ޑީފޯލްޓެއް ނެގި ގަވައިދުން ލޯނު ދައްކާ މީހަކަށް ވާން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ކުރިމަތިލާ ކޯހަކީ، މިހާރު ފުރިހަމަ ކޮށްފައިވާ އެންމެ މަތީ ފާހަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާން ޖެހެއެވެ.
މި ސްކޮލަޝިޕްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ، އަންނަ ޖަނަވަރީ 24 ވަނަ ދުވަހުގެ 13:30އެވެ.