ޔޫރޯގެ ފައިނަލަށް އިންގްލެންޑު ދިއުމަކީ ފަޚުރެއް، ފައިނަލް އުނދަގޫވާނެ: ސައުތުގޭޓު

ކޯޗު ގެރެތު ސައުތުގޭޓު: ޔޫރޯގެ ފައިނަލަށް އިންގްލެންޑު ދިއުމަކީ ފަޚުރުވެރިވާ ކަމަށް ބުނި

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް އިންގްލެންޑަށް ދެވުމަކީ ކޯޗެއްގެ ހައިސިއްޔަތުން ލިބުނު ބޮޑު ފަޚުރެއް ކަމަށާއި ގައުމުން ބޭރުގައި ކުޅުނު ބޮޑު މުބާރާތެއްގެ ފައިނަލަށް ދެވުމުން އުފާވާ ކަމަށް ކޯޗު ގެރެތު ސައުތުގޭޓު ބުނެފިއެވެ.

ނެދަލެންޑްސް އަތުން މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތުގޭޓު ބުނީ މީގެކުރިން ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗެއްގައި އެހާ ގިނަވަގުތު އިންގްލެންޑުން ބޯޅަ ގެންގުޅެފައިވާ ހަނދާނެއް ނުވާކަމަށެވެ. އަދި ކުޅުންތެރިންގެ ފަރާތުން ނިންމުންތައް ނިންމީ އެންމެ ރަނގަޅަށް ކަމަށްވެސް ސައުތުގޭޓް ވަނީ ބުނެފައެވެ.

ބޭނުންވަނީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ މޮޅު ޓީމު ކަމަށްވާ، ސްޕެއިނު ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށް ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފައެވެ. ސައުތުގޭޓް ބުނީ މެޗުގައި އޭނާ ބަދަލުތައް ގެނައީ އެންމެ އެކަށޭނަ ދަނޑިވަޅުގައި ކުރަންޖެހިގެން ކަމަށާއި، ބަދަލުގައި ކުޅެން ނިކުތް ކުޅުންތެރިންގެ ފަރާތުން ތަފާތު ފެނުނުކަމަށެވެ.

ކޯޗު ގެރެތު ސައުތުގޭޓު: ޔޫރޯގެ ފައިނަލަށް އިންގްލެންޑު ދިއުމަކީ ފަޚުރުވެރިވާ ކަމަށް ބުނި

ޔޫރޯގެ ތާރީޚުގައި އެންމެ ފަހުން ސްޕެއިނާ ދެކޮޅަށް އިންގްލެންޑް ކުޅުނީ އަމިއްލަ ގައުމުގައި 1996 ވަނަ އަހަރު ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލްގައެވެ. އެފަހަރުގެ މުބާރާތުގައި އިންގްލެންޑް ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިން ބަލިކޮށްފައެވެ.

ސްޕެއިންއާއި އިންގްލެންޑު ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެގަޑިން 00:00 ގައެވެ.

comment ކޮމެންޓް