ބަނޑޭރި ޕޭއިން އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ހަދައިފި

ބަނޑޭރި ޕޭއަށް އެމްފައިސާ ތައާރަފް ކުރުން ---- ފޮޓޯ/ އުރީދޫ

ސަރުކާރުގެ ރަސްމީ ޕޯޓަލް ބަނޑޭރި ޕޭއިން، އުރީދޫގެ އީޖާދީ ޑިޖިޓަލް ވޮލެޓް، އެމްފައިސާ މެދުވެރިކޮށް ސަރުކާރުގެ އެކި ޚިދުމަތްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އުރީދޫން ބުނީ، މިއީ ފައިސާގެ މުއާމަލާތްތައް ޑިޖިޓަލައިޒްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަކަން އިތުރުވެ، ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ.

މިގޮތުން ބަނޑޭރި ޕޭގައި އެމްފައިސާ ހިމެނުމާއެކު، ސަރުކާރުގެ ޚިދުމަތްތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި، މެދުކެނޑުމެއް ނެތި ރައްކާތެރި އަދި ހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، އެމްފައިސާ ބަނޑޭރި ޕޭއަށް ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. މި އިންޓަގްރޭޝަނަކީ ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން، އެމްފައިސާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ވިސްނައިގެން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ގިނަ ފީޗާތަކެއް ހިމަނައިގެންނެވެ.

comment ކޮމެންޓް