ޖުމްހޫރީމޭވާ ކާއިރު، އެ ގަހުގެ ފަތް ވެސް ނުކާ ވަރެއް ނޫން

ޖުމްހޫރީ މޭވާ: ގިނަގުނަ ފައިދާތަކެއް އެކުލެވޭ މޭވާއެއް--ފޮޓޯ/ޕިންޓްރެސްޓް

ޖުމްހޫރީ މޭވާ ނުވަތަ ޕެޝަން ފްރުޓްގެ ނަމުން މަޝްހޫރު މި މޭވާއަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު އެހާމެ އަނގަޔަށް މީރު މޭވާއެކެވެ.

ތަފާތު އެކި ވައްތަރުގެ ޖޫސް ގިރުމަށާއި، ތަފާތު އެކި ވައްތަރުގެ ކޭކު އެޅުމަށް ޖުމްހޫރީ މޭވާ ބޭނުން ކުރެވޭއިރު އަނބު މަޖާ ނުވަތަ އެފަދަ މަލާފަތެއް ތައްޔާރުކުރާއިރު މި މޭވާއަކީ ކޮންމެހެން ވެސް އޭގައި ހިމެނުން މުހިންމު މޭވާއެކެވެ.

އެކަމަކު، ޖުމްހޫރީމޭވާއެކޭ އެއްގޮތަށް އެ ގަހުގެ ފަތަކީ ވެސް މީރުކޮށް ތައްޔާރުކޮށް ކެއުމުގައި ހިމަނާލެވިދާނެ އެއްޗެއްކަން ގިނަ މީހުންނަކަށް ނޭނގެއެވެ.

ޖުމްހޫރީ މޭވާގެ ގަހުގެ ފަތަކީ ކެއުމުގައި ގިނަ ބަޔަކު ބޭނުންކުރާ ބާވަތެއް -- ފޮޓޯ/ޕިންޓްރެސްޓް
ގޭ ތެރޭގައި ހައްދަން ފަސޭހަ މި މޭވާ ގަހުގެ ފަތް އާއްމުގޮތެއްގައި ބޭނުންކުރަނީ ތަފާތު އެކި ވައްތަރުގެ ސަޓަނި އަދި މަސްހުނި ތައްޔާރުކުރުމަށެވެ. ބައެއް މީހުން މި ފަތް ހުހަށް ކައި އުޅޭއިރު ބައެއް ކެއުންތައް އަދި ކޭކު ޑެކަރޭޝަންތަކުގައި ޖުމްހޫރީމޭވާގެ ފަތް އަދި ގަހުގެ މާ މުހިންމު ދައުރެއް ކުޅެއެވެ.

ޖުމްހޫރީމޭވާއަކީ ތަފާތު ގިނަ ވައްތަރުގެ ވިޓަމިންސް އަދި މިނެރަލްސްގެ އިތުރުން އެންޓިއޮކްސިޑެންޓްސްއިން މުއްސަނދި މޭވާއެކެވެ. ދިވެހީންގެ ތެރެއިން ވެސް ގިނަ ބަޔަކަށް އެންމެ ކަމުދާ މި މޭވާއިން ހަށިގަނޑަށް ލިބިދޭ މުހިންމު ފައިދާތަކުގެ ތެރޭ، އިންސިއުލިން ސިސްޓަމް ވަރުގަދަކޮށް އިމިއުން ސިސްޓަމް ވަރުގަދަކޮށްދެއެވެ.

ޖުމްހޫރީ މޭވާ ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ ޗީޒް ކޭކެއް--ފޮޓޯ/ޕިންޓްރެސްޓް

މި ގަހުގެ ފަތަކީ އެންޒައިޓީއާ މީހާ ދުރުކޮށްދީ ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ އެއްޗެކެވެ. މި ގަހުގެ ފަތުގައި އެކުލެވިގެންވާ މާއްދަތަކުގެ އެހީގައި ހަށިގަނޑުން ފެޓް ދަށްކޮށްދޭއިރު ޖުމްހޫރީމޭވާ ގަހުގެ ފަތުގައި ކޮލެސްޓްރޯލްގެ މިންވަރު އެކުލެވިގެން ވަނީ ވަރަށް މަދު މިންވަރަކަށެވެ.

ގައިގެން ހަންގަނޑު އޮމާންކަން މަތީ ބަހައްޓަން ބޭނުންނަމަ މި ގަހުގެ ފަތް ކެއުން އާދަކުރެވިދާނެއެވެ. ގޮހޮރު ސާފުކޮށްދީ، ބަނޑު ހަރުވުން ކުޑަކޮށްދޭއިރު މި ފަތުން ބަރުދަން ލުއިކޮށްދިނުމަށް ވެސް އެހީތެރިވެދެއެވެ.

އެހެންވީމާ ޖުމްހޫރީމޭވާ ކާއިރު، އެ ގަހުގެ ފަތް ކެއުމަކީ ވެސް ފައިދާ ބޮޑު ކަމެކެވެ.

comment ކޮމެންޓް