މާމުއި ބޭނުންކުރަން ވަކި މުއްދަތެއް އޮވޭތަ؟

މާމުއި ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ ގުދުރަތީ އުފެއްދުމެއް--ފޮޓޯ/ޕިންޓްރެސްޓް

މާމުއިއަކީ އާންމު ދިރިއުޅުމުގައި ވަރަށް ގިނަ ބޭނުންތަކަށް، ތަފާތު އެކި ގޮތްގޮތަށް ބޭނުންކުރާ އެއްޗެކެވެ. އެކަމަކު، އެއީ ވަކި މުއްދަތެއް ނެތި ބޭނުންކުރެވޭ އެއްޗެއްކަން ގިނަ މީހުންނަކަށް ނޭނގެއެވެ.

ނިއުޓްރީޝަން އެކްސްޕާޓް އަދި އެވޯޑު ހާސިލުކޮށްފައިވާ ލިޔުންތެރިޔާ ޓޮބީ އަމިޑޯ ބުނެފައިވާ ގޮތުގައި މާމުއިއަކީ އޭގެ ޒާތުގައި ހަލާކުވުމުގެ ފުރުސަތު ކުޑަ އުފެއްދުމެކެވެ. މާމުއިގައި އެކުލެވޭ ފެނުގެ މިންވަރު މަދުވުމުން އޭގައި މަތީ މިންވަރަކަށް އެސިޑިޓީ މަދުވުމުން ބެކްޓީރިއާ އުފެދުމަށް ފުރުސަތު ނުދެއެވެ.

މާމުއި އެންމެ ދިގު މުއްދަތަކަށް ވެސް 12 މަސް ދުވަސް ވަންދެން ބޭނުންކުރެވޭނެ ކަމަށާއި އޭގެ ފަހުން ބައެއް މާމުއި އުފެއްދުންތަކުގެ ކޮލިޓީ ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓޮބީ ވަނީ ބުނެފައެވެ. އެހެންނަމަވެސް، ކެއުމުގައި ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ކަމުގައި ޓޮބީ ވަނީ ބުނެފައެވެ.

މާމުއި ރައްކާތެރިކުރުން އެންމެ ރަގަޅީ އެ ގަންނައިރު ހުންނަ ފުޅީގައި--ފޮޓޯ/ފުޑްނެޓްވޯކް

އާއްމުކޮށް ބާޒާރުން ގަންނަ މާމުއި ފުޅިތަކުގައި މުއްދަތު ހަމަވާ ތާރީޚުގެ ބަދަލުގައި ލިޔެފައި ހުންނަނީ ބޭނުންކުރުން އެންމެ ރަނގަޅު ތާރީޚެވެ. ޓޮބީ ބުނެފައިވާ ގޮތުގައި އޭގެ ސަބަބަކީ މާމުއިއަކީ ބޭނުންކުރުމަށް ނުވަތަ 'އެކްސްޕަޔަރީ ޑޭޓެއް' ނެތް އުފެއްދުމަކަށް ވުމެވެ. ގިނަ ދުވަސްވުމުން ބައެއް ފަހަރު މާމުއި ފުޅީގައި ގަނޑުލާގޮތް ވެއެވެ.

މިގޮތަށް ދިމާވެއްޖެނަމަ މާމުއި މައިކްރޯވޭވްއިން ހޫނުކޮށްލުން ނުވަތަ ތެއްޔަކަށް ފެން އެޅުމަށް ފަހު ހޫނު ފެނުގައި މާމުއި ވިރުވާލެވިދާނެއެވެ. މާމުއިތައް ވިރުމުން 15 ވަރަކަށް މިނެޓް ވަންދެން ހިހޫކޮށްލަން ބަހައްޓަން ވާނެއެވެ.

މާމުއިފުޅިތަކެެއް ވިއްކަން ބާޒާރަށް ނެރެފައި--ފޮޓޯ/ފުޑްނެޓްވޯކް

މާމުއި ރައްކާތެރިކުރުމުގައި ވެސް ސަމާލުކަންދިނުން ވަރަށް މުހިއްމު ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި، މާމުއި ފުޅި ރައްކާކުރުން އެންމެ ރަނގަޅީ އެ ގަންނައިރު ހުންނަ ފުޅީގައެވެ. ބައެއް މީހުން މާމުއި އެހެން އެއްޗަކަށް އެޅުމަށް ފަހު ރައްކާ ކުރެއެވެ.

މިގޮތަށް އަމަލުކުރި ނަމަވެސް މާމުއި ފުޅީގެ މަތި ރަނގަޅަށް ބާރުކުރުމާއި އިރުގެ އަލިން މާމުއި ރައްކާތެރި ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. މާމުއި ރައްކާކޮށްފައި ހުންނަ މާހައުލަކީ މާ ހޫނުމިން މަތި މާހައުލެއް ނަމަ އޭގެ ކުލަ ބަދަލުވެ، ކޮލިޓީ ދަށްވުމުގެ ފުރުސަތު ބޮޑެވެ.

comment ކޮމެންޓް