ބެޓުކުރާ ސައިޓުތައް ރާއްޖޭގައި ބްލޮކުކުރަން ފަށައިފި

ބެޓުކުރަން ބޭނުންކުރާ ސައިޓުތައް ރާއްޖޭގައި ބްލޮކުކުރަން ފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން "ސަން"އަށް ވިދާޅުވީ ބެޓުކުރަން ރާއްޖޭގައި ބޭނުންކުރާކަމަށް ފާހަގަވެފައިވާ ހަތަރު ސައިޓެއް ބްލޮކްކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް ހުށަހަޅައިފައިވާ ކަމަށެވެ.

"ތިން ހަތަރު ސައިޓެއް އަޅުގަނޑުމެން ވާނެ ބްލޮކްކުރަން ކޭމަށް މިހާރު ހުށަހަޅައިފައި،" އޭނާ ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ އޭގެތެރެއިން މިހާރު ބްލޮކްކޮށްފައިވަނީ "ކިރާ ޑޮޓް ކޮމް" ކިޔާ ސައިޓެއް ކަމަށެވެ.

ބެޓް ކުރާ ސައިޓްތަކުން ލާރި ހޯދުމަކީ ދިވެހީންގެ ތެރޭގައި މިހާރު ވަރަށް އާންމު ކަމެކެވެ. ޚާއްސަކޮށް ސްޕޯޓްސް ބެޓިންއަކީ ޒުވާނުންގެ ވަރަށް ފޯރިއާއެކު ކުރަމުން އަންނަ ކަމެކެވެ.

ޖުވާ ކުޅުމުގައި ބައިވެރިވޭނެ ލިންކުތައް ވެސް މިހާރު ސޯޝަލް މީޑިއާ އާއި ޓެލެގްރާމް ގުރޫޕްތަކުގައި އަންނަނީ ދައުރުކުރަމުންނެވެ.

ބެޓް ކޮށްގެން ގޭމް ކުޅުން ނުވަތަ ޖުވާކުޅުމަކީ ދީނީ ގޮތުން ވެސް ހަރާމް ކަމެކެވެ.

comment ކޮމެންޓް