ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް މާލީ ދާއިރާގެ ބޭފުޅުންނަށް ހުޅުވާލައިފި

ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް މާލީ ދާއިރާގެ ބޭފުޅުންނަށް ހުޅުވާލައިފި-- ފޮޓޯ/ މަޖިލިސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މާލީ ދާއިރާގެ ބޭފުޅުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޑިރެކްޓަރުންގެ ޕޫލަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި މިއަދު ގެޒެޓް ކޮށްފައިވާނެ ކަމަށެވެ.

ޕީސީބީއިން ބުނީ ސަަރުކާރުގެ ކުންފުނިތައް ހަރުދަނާކުރުމަށް އެކުންފުނިީގެ ބޯޑުން ކުރަމުންދާ މަސައްކަތުގެ ތެެރެއިން، ކުންފުނީގެ ބޯޑު އޮޑިޓް ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކުންފުނިން ބުނީ ކުންފުނިތަކުގެ އޮޮޑިޓް ކޮމެޓީތަކުގައި އެކައުންޓިން އަދި ފައިނޭންސް ދާއިރާގެ ޑިރެކްޓަރުގެ މަގާމަށް ޑިރެކްޓަރުން އައްޔަނު ކުރަނީ މުޅި ކުންފުނީގެ އެތެރޭގެ ކޮންޓްރޯލާއި ރިސްކު މެނޭޖުމަންޓް ހަރުދަނާކުރުމަށް ކަމަށެވެ.

އެެހެންވެ ކުންފުންޏަކީ މާލީ ގޮތުން ފުދުންތެރި ކުންފުންޏަކަށް ހެދުމަށް ބޭނުންވާ އިރުޝާދު ދެވޭ ފަންނީ ފަރާތްތަކެއް ހޯދުމަށް، ޑިރެކްޓަރިންގެ ޕޫލެއް އެކުލަވާލުމަށް، އެ ބޯޑުން ނިންމީކަމަށް ޕީސީބީ އިން ބުންޏެވެ.

އެކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ މި ގެންނަ ބަދަލާއެކު ކުންފުނިތަކުގެ ބޯޑުގައި އެކައުންޓިން އަދި ފައިނޭންސް ދާއިރާގެ ތަޖުރިބާ ހުރި، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓްސް (އައިފެކް) އިން ގަބޫލުކުރާ ފެންވަރުގެ ފަންނީ ފަރާތެއް ހިމެނޭކަން ކަށަވަރުކުރެވިގެން ދާނެ ކަމަށެވެ.

ޕޫލުގައި ހިމެނުމަށް އެދި ފޯމް ހުށަހަޅަންޖެހޭނީ މި މަހުގެ 15 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ.

comment ކޮމެންޓް