އައިޔޫއެމްއަށް 35،000 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ހަމަޖައްސައިފި

އިސްލާމިކް ޔުނިވާސިޓީއަށް 45 އަހަރު ފުރުމުގެ މުނާސަތުގައި ބޭއްވި ރަސްމިއަޔާތުގެ ތެރެއިން--- ފޮޓޯ/ ވަޒީރު ޝަހީމް

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އަށް 35،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައި ވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އައިޔޫއެމް ހިންގުމަށް އެކަށީގެންވާ އާ އިމާރާތެއް އެޅުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައެވެ.

އަދި ރާއްޖޭން ބޭރުގެ ދަރިވަރުން ވެސް މަތީ ތައުލީމު ހާސިލްކުރުމަށް އައިޔޫއެމްއަށް ގެނައުމަކީ އެ ޔުނިވާސިޓީގެ އަމާޒެއް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު ވަނީ އައިޔޫއެމްއަކީ މުހިއްމު މުއައްސަސާއެއް ކަމަށާއި ⁠އައިޔޫއެމްގެ ކުރިއެރުމަށް އެ ވުޒާރާއިން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިއަހަރު ޖަނަވަރީ މަހު އައިޔޫއެމްއިން ވަނީ ރ. އުނގޫފާރުގައި އެ ޔުނިވާސިޓީގެ ލާނިން ސެންޓަރެއް ވެސް ހުޅުވައިފިއެވެ.

comment ކޮމެންޓް