އަޝްރަފްގެ ހުށަހެޅުމެއް: ބޭރުގެ ފޮތްތައް ލިބޭގޮތަށް އިންޓަނޭޝަނަލް ކޮންފަރެންސްތަކާއި ފޮތް މައުރަޒުތައް އެއްކޮށްލަން ޖެހޭ

ޑރ. އަޝްރަފް: އޭނާ ވަނީ ބޭރުގެ ފޮތްތައް ލިބޭގޮތަށް އިންޓަނޭޝަނަލް ކޮންފަރެންސްތަކާ ފޮތް މައުރަޒުތައް އެއްކޮށްލަން ޖެހޭ ކަމަށް ވިދާޅުވެ ހުށަހެޅުމެއް ހުށަހަޅުއްވާފައި --- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސްތަކާއި ފޮތް މައުރަޒުތައް އެއްކޮށްލަން ޖެހޭ ކަމަށް ވިދާޅުވެ، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ޔުނިވާސިޓީތަކަށް ހުށަހެޅުމެއް މިއަދު ހުށަހަޅުއްވައިފިއެވެ.

ޑރ. އަޝްރަފް މި ހުށަހެޅުން ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން 'އިޤްރާ'ގެ ނަމުގައި ކުރިއަށް ގެންދާ ހައި ބްރިޑް ބުކް ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ދެ ކޮންފަރެންސް ބާއްވައެވެ. އެއީ އައިޔޫއެމްއައިން ބާއްވާ އިލްމީ ކުރިއެރުމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާ (އައިސީއައިއޭ) އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބާއްވާ ތެވެލި ކޮންފަރެންސެވެ.

މިދިޔަ އަހަރު އެމްއެންޔޫއިން ބޭއްވި ތެވެލި ކޮންފަރެންސްގެ ތެރެއިން: އަޝްރަފްގެ ހުށަހެޅުމެއް: ބޭރުގެ ފޮތްތައް ލިބޭގޮތަށް އިންޓަނޭޝަނަލް ކޮންފަރެންސްތަކާ ފޮތް މައުރަޒުތައް އެއްކޮށްލަން ޖެހޭ --- ފޮޓޯ/ ރައީސް އޮފީސް

ޑރ. އަޝްރަފް ވިދާޅުވީ، އެ ކޮންފަރެންސްތަކުގައި ފޮތް މައުރަޒެއް ހިނގާނަމަ އެ ކޮންފަރެންސްތަކަށް ވެސް އިތުރު ދިރުމެއް އަންނާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި އެ ކޮންފަރެންސްތަކަށް ވަޑައިގަންނަވަނީ އިލްމަށް ބޭނުންވެފައިވާ ބޭފުޅުން ކަމަށެވެ.

އަޅުގަނޑު ހިތަށް އަރަނީ މި ކޮންފަރެންސާއި [އައިސީއައިއޭ، ތެވެލި] މި ފޮތް މައުރަޒާއި މިހެން މައްސުނި ވެއްޖެއްޔާ ކިހިނެތްވާނެބާވައޭ؟ އެހެންވީމަ ދެ ޔުނިވާސިޓީ އެކުއެކީގައި ނަމަވެސް ވަކިވަކިން ކަމުގައި ވީނަމަވެސް ބޭރުން އެވަޑައިގަންނަވާ ބޭބޭފުޅުންގެ ފޮތްތައް [ލިބޭނެހެން] ހަމަޔަގީނުން ވެސް މުސައްނިފުން އަންނާނެ އިނގޭތޯ

އެގޮތުން، ކޮންފަރެންސްތަކާއި ފޮތް މައުރަޒުތައް އެއްކޮށްލައިގެން ބޭރުގެ ފޮތްތައް ރާއްޖޭން ލިބޭ ގޮތަށް ބެހެއްޓުމުން ބޭރުގެ މުސައްނިފުން ރާއްޖެ އަންނާނެ ކަމަށާއި އެކަމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އަޝްރަފް ވަނީ ފޮތް މައުރަޒުތައް ބާއްވާ ސަބަބު ވިދާޅުވެދެއްވައިފައެވެ. އޭނާ ވިދާޅުވީ، އެ މައުރަޒުތައް ބާއްވަނީ ވިޔަފާރި ވެރިންނަށް ވިޔަފާރި ކުރެވޭނެ ގޮތެއް ހޯދައިދިނުމަށާއި ފޮތުގެ ޒަރިއްޔާއިން ޢިލްމު ފެތުރުމަށް ކަމަށެވެ.

އައިޔޫއެމް ފޮތް މައުރަޒުގެ ތެރެއިން: އަޝްރަފްގެ ހުށަހެޅުމެއް: ބޭރުގެ ފޮތްތައް ލިބޭގޮތަށް އިންޓަނޭޝަނަލް ކޮންފަރެންސްތަކާ ފޮތް މައުރަޒުތައް އެއްކޮށްލަން ޖެހޭ ---- ސަން ފޮޓޯ/ މޫސާ ނަދީމް

އަޅުގަނޑު ހިތަށް އަރަނީ ބުއްދި ފިލައިގެންދާ ތަނެއްގެ ގޮތުގައި މިތަން ވާން ބޭނުންނޫން ކަމުގައި ވަނީނަމަ، ތަޢުލީމު މިތާނގައި ފެތުރެން އެބަ ޖެހޭ. އެހެންވީމަ މިހެން ނުވާނެ ގޮތަށް މިކަން ކުރުމަކީ ޙަގީގީ ބޭނުމަކީ

ރާއްޖޭގައި ފޮތް ކިޔުމުގެ އާދަ އަށެގެންފައި އޮތީ ވަރަށް ކުޑަ މިންވަރަކަށް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެކަން އެގޮތަށް ވެފައި އޮތީ އެކި ސަބަބުތައް މެދުވެރިވެގެން ކަމަށެވެ.

އެއީ، ރާއްޖެ އުފެދިފައި އޮތް ގޮތުން ނުވަތަ ތުއްތުކުދިންނަށް ދޭ ތައުލީމުގެ ސަބަބުން ދިމާވެގެން އުޅޭ ކަމަކަށް ވެދާނެ ކަމަށާއި ނުވަތަ އޯލެވެލްއަށް ދަސްކުރަން ޖެހޭ ޓެކުސްޓު ފޮތްތައް ކިޔާފައި އިތުރު ފޮތެއް ކިޔަން ވަގުތު ނޯންނާތީ ކަމަށް ވެދާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

comment ކޮމެންޓް