އިންޓަނޭޝަނަލް ޓްރާންސްފާ މެދުވެރިކޮށް ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ބީއެމްއެލްއިން އައު ޕްރޮމޯޝަނެއް: އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތަށް ހުޅުވާލައިފި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކަސްޓަމަރުންނަށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ އާ ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެ ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބީއެމްއެލް މޯބައިލް ބޭންކިން އެޕުން އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޭންކް އެކައުންޓް، ކޭޝް އޭޖަންޓުންނާއި އަދި ޑިޖިޓަލް ވޮލެޓްތަކަށް އެމެރިކާ ޑޮލަރު އެކައުންޓާއި ޑޮލަރު ޕްރީޕެއިޑް ކާޑު މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.

ބީއެމްއެލްއިން އައު ޕްރޮމޯޝަނެއް: އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތަށް ހުޅުވާލައިފި -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްއިން ބުނީ، މި ޕްރޮމޯޝަންގެ މުއްދަތުގައި ގުރުއަތުން ހޮވާލެވޭ ފަސް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު 5،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަދި، މި ފްރޮމޯޝަންގެ މުއްދަތުގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމަތް މެދުވެރިކޮށް 100 ޑޮލަރަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ސެޕްޓެމްބަރު 7، 2024 ގެ ނިޔަލަށެވެ.

comment ކޮމެންޓް