މޯލްޑިވިއަންގެ ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށްފި؛ މިރޭ ދަތުރުތައް އަލުން ފަށަނީ

މޯލްޑިވިއަންގެ އެއާބަސް، އޭ-320: މައްސަލަ ހައްލުކޮށް މިރޭ އަލުން ދަތުރުތައް ފަށަނީ -- ފޮޓޯ/ އޭވިއޭޓާސް މޯލްޑިވްސް

މޯލްޑިވިއަންގެ A-320 އެއާބަހަށް ދިމާވި މައްސަލަ ހައްލުކޮށް، މިރޭ ދަތުރުތައް އަލުން ފަށާނެ ކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންގެ A-320 އަށް ދިމާވި އިންޖީނު މައްސަލައަކާ ގުޅިގެން އެ ބޯޓުގެ ދަތުރުތައް ކެންސަލް ކުރީ އިއްޔެއެވެ.

މޯލްޑިވިއަނުން ބުނީ އެއާބަސް މަރުކާގެ މި ބޯޓަކީ މިދިޔަ މަހުގެ ތެރޭގައި މައްސަލައެއް ދިމާވެ ސާވިސް ކޮށްފައިވާ ބޯޓެއް ކަމަށެވެ. އަދި އިއްޔެގެ ދަތުރުތައް ކެންސަލް ކޮށްފައި ވަނީ ސާވިސްއަށް ފަހު ޓެސްޓުކުރުމުގެ ތެރޭގައި އިތުރު މައްސަލައެއް އުޅޭތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

https://www.sun.mv/194005

މޯލްޑިވިއަނުން ބުނެފައިވަނީ ބޯޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މެލޭޝިޔާއަށް ގެންގޮސް، މަރާމާތުކޮށް، މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އެ ބޯޓު އަނބުރާ ރާއްޖެ ގެނެސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އެއާއެކު މިރޭ 21:00ގައި ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ހަމަޖެހިފައި އޮތް ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ޝެޑިއުލާ އެއްގޮތަށް ކުރިޔަށްދާނެ ކަމަށް ބުނެފައިވެއެވެ.

މޯލްޑިވިއަން އެތެރޭގެ އުދުހުންތަކާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ އެކި ސަރަހައްދުތަކާއި ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރުތައް ބާއްވައެވެ.

comment ކޮމެންޓް