ރައްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެއެވެ.
މިކަމާ ގުޅިގެން އެ އެއާލައިނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މި މައްސަލަ ކުރިމަތިވެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
މޯލްޑިވިއަނުން ބުނީ މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި މައްސަލަ ހައްލުކުރެވުމާ ހަމައަށް އެ އެއާލައިނުގެ ނަމްބަރު 1671އަށް ގުޅައިގެން ނުވަނަ މޯލްޑިވިއަންގެ މެއިލް [email protected].އަށް މެއިލްކޮށްގެން ބުކިން ހެއްދުމަށް ވަނީ އެދިފައެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިކަމަކަށް މޯލްޑިވިއަނުން ވަނީ މައާފަށް އެދިފައެވެ.