މޯލްޑިވިއަންއިން ކުރާ އެތެރޭގެ ދަތުރުތަކުގެ އަގުތައް ބަދަލުވެފައި ވާކަމަށް ދެއްކީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި މިހާރު އެ މައްސަލަ ހައްލުކޮށްފައިވާކަމަށް ރައްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ބުނެފިއެވެ.
މޯލްޑިވިއަންއިން މިއަދު އެކްސަގައި ކުރި ޕޯސްޓްގައި ބުނީ ޓިކެޓްގެ އަގުތަކައް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށާއި އެއީ މިއަދު މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ދެއްކިގޮތްކަމަށެވެ.
މިކަމުގެ ސަބަބުން ޓިކެޓު ބުކް ކުރުން ހުއްޓުމަކަށް އައިސް، ގުޅައިގެން ޓިކެޓު ބުކްކުރަން ކުރިން މޯލްޑިވިއަނުން އެދުނެވެ.
ނަމަވެސް، މޯލްޑިވިއަނުން ބުނީ މި މައްސަލަ މިހާރުހައްލުކޮށްފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިކަމަކަށް މޯލްޑިވިއަނުން ވަނީ މައާފަށް އެދިފައެވެ.