ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ތުރުކީން އެއް ގޯލުން ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރާ ކައިރިކައިީގައި ކާމިޔާބުކުރި ދެ ލަނޑާއެކު ނެދަލެންޑްސް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.
މެޗު ނެދަލެންޑްސް ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ތުރުކީން ނުރައްކާކުރި ނަމަވެސް ނެދަލެންޑްސް ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ދައްކާފައެވެ. މިއީ ފާއިތުުވި 20 އަހަރުދުވަހުގެ ތެރޭގައި ނެދަލެންޑްސް އިން މުބާރާތުގެ ސެމީ ފައިނަލާ ހަމަޔަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މެޗުގައި ތުރުކީން ލީޑު ނެގި ލަނޑު ޖަހާފައިވަނީ 35 ވަނަ މިނެޓުގައެވެ. ގުލާ ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަަރު ސަމެތް އަކައިދިން އެވެ.
ނެދަލެންޑްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައެވެ. މިއީ ނެދަލެންޑްސް ޑިފެންޑަރ ސްޓެފަން ޑި ވްރިޖް ކާމިޔާބުކުރި ލަނޑެކެވެ. އޭނާ ލަނޑު ޖެހީ ޑިޕާއީ ހުރަސްކުރި ބޯޅަ ބޮލުން ފޮނުވާލައިގެންނެވެ. މިއީ ލިބުނު ކޯނަރަކުން ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން ނެދަލެންޑްސް ލީޑު ނެގިއެވެ. ގަކްޕޯ މި ލަނޑު ކާމިޔާބުކުރީ ޑެމްފްރައިސް ނަގައިދިން ހުރަސް ގޯލްގެ ދުރު ކަނަށް އަމާޒުކޮށްގެންނެވެ. މިއީ އޭނާ މުބާރާތުގައި ޖެހި 4 ވަނަ ލަނޑެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ސެމީފައިނަލްގައި ނެދަލެންޑްސް ވާދަކުރަންޖެހޭނީ އިންގްލެންޑާ އެވެ.