އުރީދޫގެ ދައުވަތަކަށް ޕީއެސްޖީ ލެޖެންޑް ޖޭޖޭ އޮކޯޗާ ރާއްޖެއަށް

ޕީއެސްޖީ ލެޖެންޑް ޖޭޖޭ އޮކޯޗާ ރާއްޖެއަށް އައުން ---- ސަން ފޮޓޯ/ އަމަން ލަތީފް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން ފުޓްބޯޅަ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އުރީދޫގެ ދައުވަތަކަށް އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

އުރީދޫން ވަނީ ޖޭޖޭ އޮކޯޗާ ރާއްޖެ އައުމާއެކު ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖޭޖޭ އޮކޯޗާ ރާއްޖޭގައި ހުންނައިރު، މި ދަތުރުގައި އުރީދޫއިން ރާވާފައިވާ ހަރަކާތްތަކުގައި ބައިވެރިވެ، ރާއްޖޭގެ ރީތިކަން އޭނާގެ ފުޅާ ފޭންބޭސްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕީއެސްޖީގެ ފޮލޯވަރުންނަށް ދައްކާލާނެ ކަމަށް އުރީދޫން ބުނެއެވެ.

މި ދަތުރުގައި އުރީދޫގެ ކަސްޓަމަރުންނަށް އަމާޒުކޮށް، ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފައިވެއެވެ.

ޕީއެސްޖީ ލެޖެންޑް ޖޭޖޭ އޮކޯޗާ ރާއްޖެއަށް އައުން ---- ސަން ފޮޓޯ/ އަމަން ލަތީފް

މިގޮތުން، ޖޭޖޭ އޮކޯޗާއާ އެކު ހާއްސަ މީޓް އެންޑް ގްރީޓް ސެޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު މި ސެޝަންގައި ޖޭޖޭ އޮކޯޗާ ރާއްޖޭގެ ފުޓްބޯޅައިގާ ފާހަގަކޮށްލެވޭ ފަރާތްތަކާއި މިހާރާއި ކުރީގެ ކުޅުންތެރިންނާއި ކުޅިވަރު ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.

އުރީދޫން އިތުރަށް ބުނީ، މާޒިޔާ ކުޅުންތެރިންގެ ޓީމަކާ ދެކޮޅަށް އޭނާ ފުޓްސަލް މެޗެއް ކުޅޭނެ ކަމަށެވެ. އެ މެޗުގައި ނައިބު ރައީސް ހުސެން މުޙައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުރީދޫން ބުންޏެވެ.

ޕީއެސްޖީ ލެޖެންޑް ޖޭޖޭ އޮކޯޗާ ރާއްޖެއަށް އައުން ---- ސަން ފޮޓޯ/ އަމަން ލަތީފް

މީގެ އިތުރުން ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން، ގަތަރުގެ ޕީއެސްޖީގެ ދެ ކޯޗުންނާއެކު ދެ ޓްރެއިނިން ސެޝަނެއް ވެސް ބާއްވާނެއެވެ. އަދި، މާދަމާ އުރީދޫން ބާއްވާ ފަން ރަންގައި ބައިވެރިވުމަށް ޖޭޖޭ އޮކޯޗާ ލ. އަތޮޅަށް ދާނެ ކަމަށް އުރީދޫން ބުނެއެވެ.

ޖޭޖޭ އޮކޯޗާއަކީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ނައިޖީރިއާގެ ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1993 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ނައިޖީރިއާގެ ގައުމީ ޓީމަށް 73 ކެޕް ކާމިޔާބުކޮށް، 14 ލަނޑު ކާމިޔާބުކޮށް، ފީފާ ވޯލްޑް ކަޕްގެ ތިން ސްކޮޑުގައި ހިމެނިފައެވެ. އޭނާ ފާހަގަކުރެވެނީ އެފްރިކާގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް