އުރީދޫގެ ހަ މުއައްޒަފަކަށް ހާވާޑް ޔުނިވާސިޓީން ދުނިޔޭގެ ފެންވަރުގެ ތަމްރީނު ދީފި

ހާވާޑް ޔުނިވާސިޓީއާ ގުޅިގެން ކުރިއަށްގެންދާ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދެމެހެއްޓެނިވި ކާމިޔާބީ އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އުރީދޫ

އުރީދޫއިން އެ ކުންފުނީގެ 6 މުއައްޒަފަކަށް ހާވާޑް ޔުނިވާސިޓީން ދުނިޔޭގެ ފެންވަރުގެ ތަމްރީނުދީ އެކަން ފާހަގަކޮށްފިއެވެ.

އެކުންފުނިން ވަނީ ހާވާޑް ޔުނިވާސިޓީއާއި ގުޅިގެން ކޮންމެ އަހަރަކު ދެ މުއައްޒަފުންނަށް ތަމްރީނުދީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހަމުއައްޒަފަކު ދުނިޔޭގެ ފެންވަރުގައި ތަމްރީނު ކޮށްފައެވެ.

އުރީދޫއިން 2021ގައި ފެށި މި ޕްރޮގްރާމަކީ މުވައްޒަފުންގެ ލީޑާޝިޕް ޤާބިލުކަން އިތުރުކޮށް ތަރައްޤީކުރުމަށް ފަރުމާކޮށްފައިވާ، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ފޯރުކޮށްދޭ ޕްރޮގްރާމެއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އަދި ކޮންމެ އަހަރަކު، އޫރީދޫގެ އުއްމީދީ ދެ ލީޑަރަކު މި އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ އައު އީޖާދުތަކާއި ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރާކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށަފައެވެ.

ހާވާޑް ޔުނިވާސިޓީއާ ގުޅިގެން ކުރިއަށްގެންދާ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދެމެހެއްޓެނިވި ކާމިޔާބީ އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އުރީދޫ

އޫރީދޫގެ ޗެއާޕާސަން އަދި ގްރޫޕް އެޗްއާރް އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާޠިމަތު އަލްކުވާރީ ވިދާޅުވީ، އޫރީދޫ ޓީމާއެކު ހާވާޑް ލީޑާޝިޕް ޕްރޮގްރާމުން ގްރެޖުއޭޓްވެ، މިހާރު ކިޔަވަމުންދާ ދަރިވަރުންނާމެދު ފަޚުރުވެރިވާކަމަށެވެ. މި މުވައްޒަފުންނަކީ ކުންފުނީގެ މުސްތަގުބަލު ތަމްސީލުކުރާ ބައެއް ކަމަށާއި އަމިއްލަ ކުރިއެރުމާއި ލީޑާޝިޕް ތަރައްޤީކުރުމަށް އެ މުވައްޒަފުން ދައްކާ އަޒުމާމެދު އުފާކުރާކަމަށް އޭނާ ވިދާޅުވިއެވެ.

"އޫރީދޫގައި އަޅުގަނޑުމެން މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ހުރިހާ މާކެޓްތަކެއްގައި ހުނަރުވެރިކަން އާލާކޮށް ލީޑާޝިޕް ކުރިއެރުވުމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ފަރާތްތަކުން އާ އީޖާދުތަކާއި ފުރިހަމަކަން ގެނެސްދޭނެ ގޮތް ދެކެން އަޅުގަނޑު ޝައުޤުވެރިވޭ" އޭނާ ވިދާޅުވިއެވެ.

ހާވާޑް ޔުނިވާސިޓީއާ ގުޅިގެން ކުރިއަށްގެންދާ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދެމެހެއްޓެނިވި ކާމިޔާބީ އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އުރީދޫ

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ޚިދުމަތްތަކުގެ އިސް ފަރާތެއްގެ ގޮތުން، އޫރީދޫ އިން ދަނީ އަންނަން އޮތް ޖީލުގެ ލީޑަރުން ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ދެމެހެއްޓުމަށް މަސައްކަތްކުރަމުންނެވެ.

އަދި ރާއްޖޭގައި މިފަދަ ފާހަގަކޮށްލެވޭ ފުރުސަތެއް ފޯރުކޮށްދިނުމުގައި އިސްނަގައިގެން މަސައްކަތްކުރާ ފަރާތަކަށްވުމުން އެކަމާއި ފަޚުރުވެރި ވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް