"ގްރޯ ވިތް އުރީދޫ"ގެ ނަމުގައި އިސްރައްވެހީންނަށް ހާއްސަކޮށްގެން އުރީދޫއިން ހާއްސަ ހަރަކާތެއް ފަށައިފިއެވެ.
މި ހަރަކާތާ ގުޅުވާ އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވާ އުރީދޫއިން "ގްރޯވިތް އުރީދޫ"ގެ ނަމުގައި އިސްރަށްވެހިންގެ ނާދީގައި ޕްރޮގްރާމެއް ފަށާފައި ވާކަމަށެވެ.
އިސްރައްވެހީންގެ ދުވަހާއި ގުޅުވައިގެން އިސްރަށްވެހިންގެ ނާދީގައި ބޭއްވި ޚާއްސަ ހަފްލާގައި އުރީދޫއިން ވަނީ ގާޑެނިން ކިޓުތައް ވެސް ބައިވެރިންނަށް ހަދިޔާކޮށްފައެވެ.

އިސްރައްވެހީންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވުނު ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
ހަމައެއާއެކު ގްރޯ ވިތް އުރީދޫގެ ބްރޭންޑް އެމްބެސިޑާ "ޒުވާން ދަނޑުވެރިޔާ" ގެ ފަރާތުން ބައިވެރިންނަށް ދަނޑުވެރިކަމާ ބެހޭ ތިއަރީ އަދި ޕްރެކްޓިކަލް ސެޝަނެއް ކުރިއަށް ގެންގޮސްފައި ވާކަމަށް ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ވަނީ އިސްރަށްވެހިންގެ ކަންކަމުގައި އުރީދޫން ބަހައްޓަވާ ޝައުގުވެރިކަމާއި ސަމާލުކަން ފާހަގަކޮށްފައެވެ. އަދި މި ޕްރޮގްރާމު ނާދީގައި ފަށައިދެއްވިކަމަށްޓަކައި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން އުރީދޫގެ މެނޭޖްމަންޓަށް ވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.