މި އަހަރުގެ ޒުވާނުންގެ އެވޯޑް ޖަލްސާ ވެސް ފަސްކޮށްފި

ޒުވާނުންގެ އެވޯޑް ދިނުމަށް މީގެ ކުރިން ބޭއްވި ހަފުލާއެއްގެ ތެރެއިން: މިއަހަރުގެ ޒުވާނުންގެ އެވޯޑް ހަފުލާ ވަނީ ފަސްކޮށްފައި -- ފޮޓޯ/ ޔޫތު މިނިސްޓްރީ

ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދޭ، ޒުވާނުންގެ އެވޯޑް ދިނުމުގެ ޖަލްސާ ބާއްވާ ތާރީޚު ފަސްކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ، މީގެކުރިން ޒުވާނުންގެ އެވޯޑް ދިނުމަށް ޖަލްސާ ބޭއްވުމަށް ނިންމާފައި އޮތީ އަންނަ މަހުގެ 12 ގައި ކަމަށެވެ. ނަމަވެސް، އެ ހަފުލާ ބާއްވާ ތާރީޚު ފަހުގެ ތާރީޚަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ތާރީޚު ފަހުން އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެކަމަކު، ޖަލްސާ ފަސްކުރި ސަބަބެއް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.

ޒުވާނުންގެ އެވޯޑަށް ކުރިމަތި ލުމަށް މިދިޔަ މަހުގެ ހަވަނަ ދުވަހު އެ މިނިސްޓްރީން ހުޅުވާލާފައިވާއިރު، އެ ފުރުސަތު ވަނީ މިއަދަށް ހަމަވެފައެވެ. މިގޮތުން، މިއަހަރު ތަފާތު 17 ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމާފައިވާ ކަމަށް މީގެކުރިން އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

https://sun.mv/192927

ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތުން ކުރާ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ސްޕޯޓްސް އެވޯޑްސް ހަފުލާ ވެސް ވަނީ ފަސްކޮށްފައެވެ.

ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމާފައިވާކަމަށް ވިދާޅުވެފައިވާއިރު، އޭގެތެރޭގައި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ހަފުލާތައް ނުބޭއްވުން ހިމެނެއެވެ.

comment ކޮމެންޓް