ތަފާތު 17 ދާއިރާއަކުން ޒުވާނުންނަށް އެވޯޑް ދިނުމަށް ނިންމައި، ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް ޔޫތު މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މި އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށެވެ.
ހަމައެއާއެކު ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި ބަޔަކަށް ހެދުމަށާއި ޒިންމާދާރު ބަޔަކަށް ހެދުމަށް ދެވޭ އެވޯޑެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
އެ އިނާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވާއިރު، އިނާމަށް ފޯމު ހުށަހެޅޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.

ޒުވާނުންނަށް އަމާޒު ކޮށްގެން، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހެކަތަންއެއް ފެށުން: 17 ދާއިރާއަކުން ޒުވާނުންގެ އެވޯޑު ދެނީ، ކުރިމަތިލާން ހުޅުވާލައިފި -- ފޮޓޯ/ މޯލްޑިވްސް ޔޫތު ހެކަތަން
މިގޮތުން، އެޕްލިކޭޝަން ފޯމު އޮންލައިކޮށް ގޫގުލް ލިންކް މެދުވެރިކޮށް ނުވަތަ ސޯޝަލް ސެންޓަރަށް ގޮސް ހުށަހެޅޭނެއެވެ. އަދި، ރަށްރަށުން ފޯމު ހުށަހަޅާނީ މިނިސްޓްރީގެ މެއިލް މެދުވެރިކޮށް ކަމަށް އެ އިއުލާނުގައިވެއެވެ.
އެއާއެކު، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހު ހެނދުނު 8:30 އިން 13:30ގެ ނިޔަލަށް ފޯމު ބަލައިގަންނާނެއެވެ.
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި، މި އެވޯޑު ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދެވޭ ޚާއްސަ އެވޯޑާއި ސެޓްފިކެޓް ލިބޭނެއެވެ.