ރާއްޖޭން ބޭރުގައި ދަނޑުވެރިކަމުން މަތީ ތައުލީމު ހާސިލްކުރުގެ ފުރުސަތެއް

ދަނޑުވެރިއެއް: ރާއްޖޭން ބޭރުގައި، ދަނޑުވެރިކަމުން މަތީ ތައުލީމު ހާސިލްކުރަން ހުށަހެޅުމުގެ ފުރުސަތެއް -- ފޮޓޯ/ އިސްމާއިލް ޝަފީއު

ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭން ބޭރުގައި، މަތީ ތައުލީމު ހާސިލް ކުރުމަށް ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ހުޅުވާލީ ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ހިންގާ 'ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް'އިން ކަމަށެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން ތިން ލެވެލެއްގެ ކޯސްތަކަށް އެޕްލައިކުރުމަށް އެވުޒާރާއިން ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި، އެ ދާއިރާއިން ބެޗެލާސް ޑިގްރީގެ ނުވަ ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މާސްޓާސް ޑިގްރީގެ ދެ ކޯހާއި ޕީއެޗްޑީ ލެވެލްގެ އެއް ކޯހަށް މިހާރު އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް ބެޗެލާސް ޑިގްރީން ހުޅުވާލި ކޯސްތަކުގެ ދާއިރާތަކަކީ:

  • ސާވޭއިން އެންޑް މެޕިން ސައިންސް
  • އެގްރިކަލްޗަރަލް ސައިންސް
  • ވެޓެރިނަރީ، ޒޫލޮޖީ، އެނިމަލް ސައިންސް
  • ހޯޓިކަލްޗަރަލް ސައިންސް، މޭޖާ އިން ޕްލާންޓް ހެލްތް
  • އެގްރިކަލްޗާ (ބޮޓާނީ އެންޑް އެންޓޮމޮލޮޖީ)
  • އެގްރިކަލްޗާ އިކޮނޮމިކްސް
  • ނެޗުރަލް ރިސޯސް މެނޭޖްމަންޓް، ބެޗެލާ އޮފް އިކޮނޮމިކްސް

އެ ވުޒާރާއިން އިތުރަށް ބުނީ މާސްޓާސް ޑިގްރީން ސަސްޓެއިނަބްލް ސްޓަޑީސް، ސަސްޓެއިނަބަލް ޑެވޮލޮޕްމަންޓް މެނޭޖްމަންޓް، ޕްލާންޓް ޕްރޮޓެކްޝަން، އެންޓޮމޮލޮޖީ އަދި ޕްލާންޓް ޕެތެލޮޖީގެ ދާއިރާއިން މަތީ ތައުލީމަށް ހުށަހެޅޭނެ ކަމަށެވެ. އަދި، ޕީއެޗްޑީ ލެވެލްއިން ހުޅުވާލީ އެގްރިކަލްޗާ ދާއިރާއިން ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

މި ކޯސްތަކަށް އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ 12:00 ނިޔަލަށް ފޯމު ހުށަހެޅޭނެއެވެ. އެ ވުޒާރާއިން ބުނީ، އެޕްލިކޭޝަންތައް ހުށަހަޅާނީ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓަށް ކަމަށެވެ.

comment ކޮމެންޓް