ޔޫރޯ ކުއާޓާ ފައިނަލުގެ ވަރުގަދަ މެޗުތައް ހަފުތާ ބަންދުގައި

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި މިފަހަރު ލައްވާލި ޓީމުތަކަކީ ވަރުގަދަ ޓީމުތަކެކެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމްތަކަކީ ޖަރުމަނު، ސްޕެއިން، ފްރާންސް، ޕޯޗްގަލް، ސްވިޒަލެންޑް، އިންގްލެންޑް އަދި ތުރުކީ އެވެ. ހަފުތާ ބަންދަށް ތާވަލުކޮށްފައިވާ މި މެޗުތައް ފަށާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެގަޑިން 21:00 ގައެވެ.

ހުކުރު ދުވަހުގެ މެޗުތައް
* 21:00 - ޖަރުމަނު / ސްޕެއިން. (5 ޖުލައި 2024 )
* 00:00 - ޕޯޗްގަލް / ފްރާންސް (6 ޖުލައި 2024) (ހުކުރު ދުވަހުގެ ދަންވަރު)

ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ނިކުންނާނީ ސްޕެއިންއާއި ދެކޮޅަށެވެ. ސްޕެއިން އަކީ މުބާރާތުގެ މިހާހިސާބަށް އައި އިރު ސައްތައިން ސައްތަ މޮޅުވުމުގެ ރިކޯޑާއެކު އޮތް ހަމައެކަނި ޓީމެވެ. ޔަގީނުންވެސް މުބާރާތް ބާއްވާ ޓީމުގެ ހައިސިއްޔަތުން ޖަރުމަނުންވެސް ދުލެއް ނުދޭނެއެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޖަރުމަނުން ޔަގީނުންވެސް ތަފާތު ކުޅުމެއް ދައްކަން މަސައްކަތްކުރާނެ އެވެ.

ހުކުރު ދުވަހުގެރޭ ދަންވަރު 00:00 ގައި އޮތީ ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރާ މެޗެވެ. ނުވަތަ ރޮނާލްޑޯއާއި އޭނާގެ އެންމެ ބޮޑު އެއް ސަޕޯޓަރު ކަމަށްވާ އެމްބާޕޭގެ ކުރިމަތިލުމެވެ. ޕޯޗްގަލްއަކީ ގަދަ 16 ޓީމް ވާދަކުރި ބުރުގައި ޕެނަލްޓީން ނަތީޖާ ނެރެގެން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ހަމައެކަނި ޓީމެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ފްރާންސް ދަތުރުކުރީ 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް ބަލިކޮށްގެންނެވެ.

* 21:00 - އިންގްލެންޑް / ސްވިޒަލެންޑް. (21:00)
* 00:00 - ނެދަލެންޑްސް / ތުރުކީ. (00:00) ) (ހޮނިހިރު ދުވަހުގެރޭ ދަންވަރު)

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ފުރަތަމަ މެޗު އެންމެ ބޮޑު ސަމާލުކަމެއް ހުއްޓެނީ އިންގްލެންޑަށެވެ. ސްވިޒަލެންޑާއި ދެކޮޅަށް ކުޅޭ މި މެޗަކީ އިންގްލެންޑުގެ ފުޓުބޯޅައިގެ ކުރިމަގު ބަދަލުވެގެންދާނެ ގޮތް އެނގިގެންދާނެ އެއް މެޗެވެ. ކޯޗު ގެރެތު ސައުތުގޭޓަށް މިހާރުވެސް ކޯޗުކަމުގެ ދޮރު ބަންދުވެފައިވާއިރު މުބާރާތުން ޗެމްޕިއަންކަން ލިބުނަސް ނުލިބުނަސް އޭނާ މަގާމުގައި ބަހައްޓަން އެ ގައުމުން ބޭނުމެއް ނުވެއެވެ. ނެދަލެންޑްސް އާއި ތުރުކީއަކީ ވެސް ފޯރިގަދަވާނެ މެޗެކެވެ.

comment ކޮމެންޓް