ޗައިނާގެ 17 އަހަރުގެ ބެޑްމިންޓަން ކުޅުންތެރިއަކު ކޯޓުމަތީގައި މަރުވެއްޖެ

ޗައިނާގެ 17 އަހަރުގެ ބެޑްމިންޓަން ކުޅުންތެރިއާ ޖަންގް ޖީޖިއޭ: އޭނާ ވަނީ މެޗެއްގެ ތެރެއިން ކޯޓު މައްޗަށް ވެއްޓި މަރުވެފައި --

އިންޑޮނޭޝިއާގައި ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޖޫނިއާ ޗެމްޕިއަންޝިޕްގައި ޗައިނާގެ 17 އަހަރުގެ ކުޅުންތެރިއަކު މެޗެއްގެ ތެރެއިން ކޯޓު މައްޗަށް ވެއްޓި މަރުވެއްޖެއެވެ.

ބެޑްމިންޓަން އޭޝިއާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ޗައިނާގެ ޖަންގް ޖީޖިއޭ، އިއްޔެ ގުރޫޕު ސްޓޭޖުގެ މެޗެއްގައި ކުޅެމުން ދަނިކޮށް ކޯޓު މައްޗަށް ވެއްޓުނެވެ.

ބެޑްމިންޓަން އޭޝިއާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޖަންގްއަށް ވަގުތުން މެޑިކަލް ޓީމަކުން ފަރުވާ ދިނެވެ. އަދި ދެ މިނިޓު ތެރޭ އޭނާ ހޮސްޕިޓަލަށް ވެސް ގެންދިޔައެވެ. ނަމަވެސް ރޭ 23:20ގައި އޭނާ މަރުވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް އިންޑޮނޭޝިއާއިން ބުނި ގޮތުގައި ޖަންގް މަރުވީ ހިތް ހުއްޓިގެން ކަމަށް މިހާތަނަށް ހަދައިފައިވާ މެޑިކަލް ރިޕޯޓުތަކުން ދޭހަވެއެވެ. އަދި އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ޗައިނާގެ ބެޑްމިންޓަން ޔޫތު ޓީމުގައި ހިމެނޭ ޖަންގްއަކީ މިދިޔަ މާޗު މަހު ބޭއްވި ޑަޗް ޖޫނިއާ އިންޓަނޭޝަނަލް މުބާރާތުން މެންސް ސިންގަލްސް ކާމިޔާބު ކުރި ކުޅުންތެރިއެކެވެ.

comment ކޮމެންޓް