މަގު ހަދަނިކޮށް ކޭބަލަކަށް ގެއްލުންވެ، އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައި

ހިތަދޫ އިން ކަރަންޓު ދިޔައީ ކޭބަލް އެއް ކެނޑިގެން -- ފޮޓޯ/ ޕީއެސްއެމް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަގު ހަދަނިކޮށް ކަރަންޓު ކޭބަލަކަށް ގެއްލުންވެ، އެރަށްތަކުން މިއަދު ކަރަންޓު ކެނޑިއްޖެއެވެ.

ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ސައީދު މިއަދު "ސަން" އަށް ވިދާޅުވީ ކަރަންޓު ކެނޑުނީ މިއަދު 04:45 ހާއިރު މަގުހަދާ މީހުންގެ އަތުން ކޭބަލެއްގައި ޖެހިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ފެނަކައިން މިހާރު އަންނަނީ މައްސަލަ ހައްލު ކުރަމުން ކަމަށާއި ހިތަދޫގެ ކުޑަ ސަރަހައްދަކަށް ކަރަންޓު އަލުން ދެވިފައިވާ ކަމަށެވެ. އަދި ހުރިހާ ހިސާބަކަށް ކަރަންޓު ދެވޭނީ 21:00ހާއިރު ކަމަށް ފެނަކައާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފެނަކައިން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ހިތަދޫ ސީޕީއެސްއާ ގުޅިފައިވާ ރަށްތަކުން ކަަރަންޓް ކެނޑިފައިވާ ކަމަށާއި މި މައްސަލަ ދިމާވީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެޗްވީ ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ.

އައްޑޫ ސިޓީގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

https://sun.mv/193705

އެ މައްސަލަތަކަށް ބޭނުންވަނީ ޖުމްލަ ހައްލެއް ކަމަށާއި އެކަމަށް 300 މިލިއަނެއްހާ ޑޮލަރު ލޯނުގެ ގޮތުގައި ބޭނުންވާ ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް