ދާއިރާ ރައީސުން އިންތިޚާބުކުރަން އެމްޑީޕީ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަނަށް ހުޅުވައިލައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަނަށް ހުޅުވައިލައިފި---

އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަނަށް ހުޅުވައިލައިފިއެވެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓިއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

އަދި މި އިންތިޚާބު އޮންނާނީ އާންނަ އޮގަސްޓު މަހުގެ ދެ ވަނަ ދުވަހުކަމަށް ވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.

އެ ޕާޓީއިން ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމާފައި ވަނީ 29 ދާއިރާއަކަށް ރައީސުން އިންތިޚާބު ކުރުމަށެވެ. އޭގެ ތެރޭގައި ވެރިކަންކުރާ މާލެ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ތިނަދޫ ސިޑީ ހިމެނެއެވެ.

މި އިންތިހާބު ތަކަށް ކުރިމަތިލުމުގެ ޝަތރުތުތަކުގެ ތެރޭގައި ހިމެނެނީ:

• ޖުލައި އެކަކާ ހަމައަށް 2024 އާއި ހަމައަށް މިޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން

• ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުން

މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހަތެއް ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

އެމްޑީޕީއިން ވަނީ ބައި އިލެކްޝަނުގައި ވާދަކުރުމަށް އެދި ހުޝައަޅާ ފޯމުގައި ގަރާރެއްވެސް ހިމަނާފައެވެ.

އެ ގަރާރުގައި ވަނީ މި އިންތިޚާބު ކާމިޔާބުވަންދެން އަދި ކާމިޔާބުވެއްޖެނަމަ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަން އިގްރާރުވާން ޖެހޭ ކަމުގައި ބުނެފައެވެ. އެހެން ނޫންނަމަ ފިޔަވަޅު އަޅާނެއެވެ.

comment ކޮމެންޓް