ޔޫއްޕެގެ އާ އުފެއްދުމެއް، މި ފަހަރު ތުރިލާއެއް!

އަލަށް އިއުލާނު ކޮށްފައިވާ ޝޯ "އެ ރެއަށް ފަހު"ގެ ޕޯސްޓަރު

މަޝްހޫރު ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށް އަނެއްކާ ވެސް އިތުރު އުފެއްދުމެއް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިއުލާނުކޮށްފިއެވެ.

ތަފާތު އެކި ޖާންރާތަކުގެ ފިލްމުތަކުން ފެނުމުގެ އިތުރުން ފިލްމުތައް އުފެއްދުމުގައި ވެސް މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަދި ޑައިރެކްޓަރު ޔޫއްޕެ ބިރުވެރި ފިލްމެއް އުފައްދާކަން ފުރަތަމަ އިއުލާނު ކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އޭނާ ލީޑު ރޯލުން ވެސް ފެންނާނެ ކަމަށް ބުނެ އިއުލާނު ކޮށްފައިވަނީ "ސާޔާ" ނަމަކަށް ކިޔާ ބިރުވެރި ފިލްމެކެވެ.

ލޯބީގެ ބިރުވެރި މި ފިލްމު މިދިޔަ މަހު އިއުލާނުކޮށް އަންނަ މަހު ރިލީޒްކުރުމަށް އިއުލާނުކޮށްފައިވެއެވެ. މިއީ އަންނަ މަހުގެ ކުރީކޮޅު އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާ ފިލްމެކެވެ.

https://www.instagram.com/p/C8wV1auJUBu/?utm_source=ig_embed&utm_campaign=embed_video_watch_again

މި ފިލްމު އެޅުވުމަށް ތައްޔާރުވަމުން ދަނިކޮށް އަނެއްކާ މި އޮތީ ޔޫއްޕެގެ އާ އުފެއްދުމެއް އިއުލާނު ކޮށްފައެވެ. މި ފަހަރު އިއުލާނު ކޮށްފައިވަނީ "އެ ރެއަށް ފަހު" ނަމަކަށް ކިޔާ ތުރިލާ ޝޯއެކެވެ. މި ޝޯގައި ޔޫއްޕެއާ އެކު ލީޑުން ފެންނާނީ އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) އެވެ. މި ދެ އެކްޓަރުންނަކީ ވެސް ޔޫއްޕެގެ "ސާޔާ"އިން ފެންނަ އެކްޓަރުންނެވެ.

އެ ރެއަށް ފަހު އިއުލާނު ކޮށްފައިވާއިރު މި ޝޯގެ ޓްރެއިލަރެއް ވެސް ވަަނީ މިހާރު އާންމުކޮށްފައެވެ. މިއީ މީޑިއާނެޓް އޮރިޖިނަލް ޝޯއެއްގެ ގޮތުގައި ރިލީޒްކުރާ އުފެއްދުމެކެވެ. އަދި, މި ޝޯ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ސްޓްރީމް ކުރަން ފަށާނެއެވެ. އަދި, ކޮންމެ ހަފުތާއަކު އެޕިސޯޑެއް ދެއްކުމަށް ހަމަޖެހިފައިވާއިރު މި ޝޯގެ ދިގުމިނެއް ހާމަކޮށްފައެއް ނުވެއެވެ.

އެ ރެއަށް ފަހުއަކީ މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ޕްރޮޑިއުސްކުރާ ޝޯއެކެވެ.

comment ކޮމެންޓް