ޔުނީފޯމުގައި ކުށްކުރުން ބަލައެއް ނުގަނެވޭނެ ކަމަށާއި ކުއް ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ލިބޭނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާއިން މިރޭ ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނަލް ސާވިސަސްގެ 18 މުވައްޒަފަކު ބައިވެރިވެވާކަން އެނގިފައިވާކަމަށް ބުނެ ވަޒީރު ވިދާޅުވީ ސަރުކާރުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން ވަކިން ޚާއްސަކޮށް ޔުނީފޯމް އަޅައިގެން އުޅުއްވާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ނަގައިގެން ޒިންމާއިން އެކަހެރިވާ ވަރުގެ ކަމެއް ކުރަންޖެހޭނެ އެއްވެސް ހާލަތެއް ނޯންނާނެ ކަމުގައެވެ.
އަދި މިކަމުން އެއްވެސް މީހަކަށް އިސްތިސްނާއެއް ނޯންނާނެ ކަމަށާއި މި ކަންކަމުގައި ތަހުގީގުގެ ދަށުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
"އެ ހާލަތަށް ދާންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ﷲ ގަންދީ ހުވައެއް ކޮށްގެން ތިބޭނީ އެ ސަބަބުތައް އެކަހެރި ކޮށްގެން ތިބޭ މީހުން," ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިކަމުގައި ދައުރުވާ ފައިސާ އަށްވުރެ ބޮޑަށް ކަންބޮޑުވާ ކަމަކީ ޖަލުތަކުގައި ތިބި ގައިދީންގެ އެކައުންޓްތަކުން ޖަލު އޮފިސަރުންގެ އެކައުންޓްތަކަށް ފައިސާގެ މުއާމަލާތުތައް ހިންގާފައި ހުރުމުން ކަމަށެވެ.
އަދި މިކަން މިގޮތަށް ވާން ޖެހޭނެ އެއްވެސް ސަބަބެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ނުދެކޭ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ 2023ވަނަ އަހަރު ކަރެކްޝަންސްގެ 18 މުއައްޒަފެއްގެ އެކައުންޓަށް ގައިދީންގެ އެކައުންޓުތަކުން ޖުމްލަ 73،600،000 ރުފިޔާގެ ވަނީ ދައުރުކޮށްފައެވެ.
މި 18 މުއައްޒަފުންގެ ތެރެއިން ހަ މުއައްޒަފުން މިހާރު ކަރެކްޝަންސްގެ ވަޒީފާއިން ވަކިވެފައި ވާއިރު ފުލުހުން ބުނީ މި މައްސަލައިގައި އަށް މީހަކު މިހާތަނަށް ހައްޔަރު ކުރެވިފައި ވާކަމުގައެވެ.
އަދި ވަޒީފާއިން ވަކިވެފައި ވި ކަމުގައި ވިޔަސް ކޮށްފައިވާ ކުށަށް ގާނޫނުން އެމީހަކަށް ކަނޑައެޅޭ ހައްގު އަދަބު ލިބޭނެ ކަންވެސް ވަޒީރު ވަނީ ފާހަގަ ކޮށްފައެވެ.
comment އަހުމަދު ރުސްތުމް
10 month 3 week ago
ހުރިހާ ދިމާލަކުން ބެލިޔަސް ހިޔާނާތާ ވައްކަމުގެ އަމަލުތައް ފެންނަނީ. ގަރާޖަކައް 100 އުޅަނދު ގަރާޖުސިޓީ ދެވިގެން ދާ އިރު މިކަން ބަލަން ފާރަވެރިވާ މިނިސްޓްރީ އައް ހަމަ ނޭގެނީތޯ؟ އެކަމަކު އައިޑީ ކާޑު ނަމްބަރު ޖަހާލާ އިރައް އެމީހެއްގެ ހުރިހާ ކަމެއް އެނގިގެންދާ ވަރައް ދިވެހިރާއްޖޭ ގެ ސަރުކާރުގެ ނޭޝަނަޅް ޑޭޓާ ވިޔުގަނޑެއްގެ ތެރޭގަ ދިވެހި ރައްޔަތުން މިތިއްބަވަނީ ނޫންތޯ؟ ދަރިޔަކައް ދޭން ހުންނަ ހަރަދު ނުދީ ނޫނީ ދައްކަން އޮންނަ ދަރަންނެއް ނުދައްކާ ކައިވެންއެއްވެސް މިހާރަކު ނުވާހިނދުގަ ވަރައްފަސޭހައިން ހިޔާނާއްވާ މީހުންނައް އެކަން އެބަ ކުރެވޭ. އާންމު މީހަކު އެކައުންޓައް 50ހާސް ރުފިޔާ ޖަމާ ކޮއްލިޔަސް ބޭންކުން ދެއިރު ދެދަޅަޔައް ގުޅާފަ އަހާ ކިހިނެއް ލިބުނު ފައިސާއެއްތޯ 74 މިލިޔަން ޖަމާވި އިރު ކޮބާތޯ މިބެންކު؟ މި ސުވާލު ހިތައް ނާރާ ދިވެއްސަކު މިހާރަކު ރާއްޖެޔަކު ނެއް.
comment 27
10 month 3 week ago
ޤައިދީންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން ފައިސާ ގިނައިން ތިބި އަދީބު މެން ޔާމީނު ފަދަ ބޭފުޅުންގެ އެކައުންޓުން ފައިސާ ދިޔަތޯ ވެސް ބަލަންވާނެ !
comment ސލހ
10 month 3 week ago
ބަަލައި ނުގަންނަނީ ނަމަ އަނެއް ފަރާތަށް އެނބުރޭ!
comment ދޮން ބަބުރު ސޮރު
10 month 3 week ago
މިގައޮމު މިއޮތީ ނުބާކަމުން ތަޣައްރުވެފަ އާ ބުލީޗެއް ޖަހާގެން ނޫނީ ސާފު ޠާހިރު ވަރަށް ނުދޮވެވޭނެ.