މާލެއިން 18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ގެއްލިގެން ހޯދާ 18 އަހަރުގެ ޒުވާނާ -- ފޮޓޯ/ ފުލުހުން

މާލެއިން 18 އަހަރުގެ ފިރިހެން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ގެއްލިގެން ހޯދަނީ ހ. ބްލޫސްކޫޕް ޙުސައިން ޒިހާނެވެ.

ފުލުހުން ބުނީ އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ ޕޯސްޓުގައިވާ ގޮތުން ޒިހާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

ފުލުހުން ވަނީ އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

މިދިޔަ ހަފުތާގައި ދެ އަންހެން ކުއްޖަކާއި ފިރިހެނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފައިވެއެވެ. އެއީ މާލެއިން 14 އަހަރުގެ އަންހެން ކުއްޖަކާއި ފުވައްމުލައް ސިޓީގެ 24 އަހަރުގެ ޒުވާނަކާއި ފިޔޯރީން އުމުރުން އެންމެ އަށް އަހަރުގެ އަންހެން ކުއްޖެކެވެ.

އޭގެ ތެރެއިން ދެ އަންހެން ކުދިން ގެއްލުނުކަން އިއުލާންކުރިތާ މާގިނައިރެއް ނުވެ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ފުވައްމުލަކުން ގެއްލުނު ދިގުވާގަނޑު/ އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް ފެނުނު ކަމަށް މިހާތަނަށް ބުނެފައިނުވެއެވެ.

https://sun.mv/193499

ފިޔޯރީގައި ގެއްލިގެން ހޯދަނިކޮން ފެނުނު ކުއްޖާގެ ހާލު ދެނެގަތުމަށް ޓެސްޓުތަކެއް ހަދައިފައިވާއިރު، އެ ޓެސްޓުތަކުން ގޯހެއް ފާހަގަނުވާކަމަށާއި ކުއްޖާގެ ހާލު ރަނގަޅުކަމަށް "ސަން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

comment ކޮމެންޓް