ކާނިވަލަށް ކުރާ ބަސް ދަތުރުތައް މިރޭ 7އިން ފެށިގެން 11 އާ ހަމަޔަށް މެދުކެނޑޭނެ

އެމްޓީސީސީ ބަހެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ 19:00އިން ފެށިގެން 23:00އާ ދޭތެރޭގައި އެމްޓީސީސީގެ އާރުޓީއެލް ބަސް، މާލޭ ކާނިވާ ސަރަހައްދަށް ދަތުރު ނުކުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ބުނީ އާޓިފިޝަލް ބީޗް ސަރަހައްދާއި އިންވެގެން އޮންނަ ބޮޑުތަކުރުފާނު މަގުގެ ބައެއް މިއަދު ބަންދުކުރުމަށް ހަމަޖެހިފައިވުމާ ގުޅިގެން، އެމްޓީސީސީން ފޯރުކޮށްދެމުންދާ ބަހުގެ އާރުޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ 2 ރޫޓަކަށް މިރޭގެ 19:00އިން ފެށިގެން 23:00އާ ހަމަޔަށް ދަތުރުތައް ހުއްޓާލާނެ ކަމަށެވެ.

އެއީ R2 (ހުޅުމާލެ ފޭސް 1 - ކާނިވަލް) އަދި R8 (ހުޅުމާލެ ފޭސް 2 - ކާނިވަލް) ރޫޓެވެ.

އެ ކުންފުނިން އިތުރަށް ބުނެފައިވަނީ މި ވަގުތުގައި އޯކިޑް ރޫޓުގެ ބަސް ދަތުރުކުރަން ހަމަޖެހިފައިވަނީ އަމީރު އަޙުމަދު މަގާއި، ސޯސަން މަގާއި އަދި މަޖީދީ މަގުން ކަމަށެވެ.

އެމްޓީސީސީން ދެމުން އަންނަ އާންމު ދަތުރުފަތުރުގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ.

އެ ގޮތުން އެމްޓީސީސީން ފެރީއާއި ބަހުގެ ޚިދުމަތް ދެމުން އަންނައިރު، މިދިޔަ އަހަރު ދަތުރުފަތުރުގެ ގޮތުގައި އެ ކުންފުންޏަށްވަނީ 145 މިލިއަން ރުފިޔާ ލިބިފައެވެ.

comment ކޮމެންޓް