10 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ވެސް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ރޭ ހަވާލުކޮށްފިއެވެ.
އެގޮތުން އާރުޑީސީއާ ހަވާލުކުރީ:
- ނ. ވެލިދޫ ހޮސްޕިޓަލްގެ އާ ޢިމާރާތުގެ މަސައްކަތް ޕްރޮޖެކްޓުގެ އަގު: 108,322,537.03 ރުފިޔާ. މުއްދަތު: 540 ދުވަސް
- އދ. ފެންފުށީ ސިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް ޕްރޮޖެކްޓުގެ އަގު: 26,839,684.82 ރުފިޔާ މުއްދަތު: 540 ދުވަސް
މި މަސައްކަތް ކުރުމަށް އާރުޑީސީގެ ފަރާތުން ކޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރެވެ. މިނިސްޓްރީގެ ފަރާތުން ހުރިހާ އެއްބަސްވުމެއްގައި ވެސް ސޮއިކުރެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ.

10 ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަން އަޅަން 3 ކުންފުންޏަކަށް --- ފޮޓޯ/ ހެލްތް މިނިސްޓްރީ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރި މަސައްކަތްތައް:
- ބ. ކުޑަރިކިލު ސިއްޙީމަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް. ޕްރޮޖެކްޓުގެ އަގު: 7,641,116.64 ރުފިޔާ. މުއްދަތް: 365 ދުވަސް
- ގއ. ކޮނޑޭ ސިއްޙީމަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް. ޕްރޮޖެކްޓުގެ އަގު: 6،763،307.5 ރުފިޔާ. މުއްދަތު: 300 ދުވަސް
- ގދ. ނަޑެއްލާ ސިއްޙީމަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް. ޕްރޮޖެކްޓުގެ އަގު: 6،757،395.89 ރުފިޔާ. މުއްދަތު: 300 ދުވަސް

10 ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަން އަޅަން 3 ކުންފުންޏަކަށް--- ފޮޓޯ/ ހެލްތް މިނިސްޓްރީ
ފެނަކައިގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، މޭޖާ ރިޓަޔާޑް މުޙައްމަދު ނަޖާހެވެ.
މީގެ އިތުރުން އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތައް:
- ހދ. ނެއްލައިދޫ ސިއްޙީމަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް. ޕްރޮޖެކްޓުގެ އަގު: 11،197،462.90 ރުފިޔާ. މުއްދަތު: 450 ދުވަސް
- ށ. މިލަންދޫ ހޮސްޕިޓަލްގެ އާ ޢިމާރާތުގެ މަސައްކަތް. ޕްރޮޖެކްޓުގެ އަގު: 110،878،732.12 ރުފިޔާ. މުއްދަތު: 600 ދުވަސް
- ކ. ތުލުސްދޫ ހޮސްޕިޓަލްގެ އާ ޢިމާރާތުގެ މަސައްކަތް. ޕްރޮޖެކްޓުގެ އަގު: 110،716،537.72 ރުފިޔާ. މުއްދަތު: 600 ދުވަސް
- އއ. ރަސްދޫ ހޮސްޕިޓަލްގެ އާ ޢިމާރާތުގެ މަސައްކަތް. ޕްރޮޖެކްޓުގެ އަގު: 185،571،402.42 ރުފިޔާ. މުއްދަތު: 780 ދުވަސް
- ގއ. ވިލިނގިލީ ހޮސްޕިޓަލްގެ އާ ޢިމާރާތުގެ މަސައްކަތް. ޕްރޮޖެކްޓުގެ އަގު: 185،571،402.42 ރުފިޔާ. މުއްދަތު: 780 ދުވަސް

10 ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަން އަޅަން 3 ކުންފުންޏަކަށް--- ފޮޓޯ/ ހެލްތް މިނިސްޓްރީ
މި މަސައްކަތް ކުރުމަށް އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަޢުދީއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ގާސިމެވެ.
މި ސަރުކާރުން ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެނަކަ، އާރްޑީސީ އަދި އެމްޓީސީސީއާ ހަވާލުކޮށްފައެވެ.