ޓެކްނިކަލް މައްސަލައެއް ދިމާވެ އިންޑިއާއަށް ފުރި މޯލްޑިވިއަންގެ ބޯޓެއް އަނބުރައި ވީއައިއޭއަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ 3ބީ އޭޕްރަން ހުޅުވުން --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން އިންޑިއާގެ ޓްރުވެންޑްރަމަށް ފުރި، މޯލްޑިވިއަންގެ ބޯޓެއް އަނބުރައި ރާއްޖެއަށް ޖައްސައިފިއެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ ފްލައިޓު Q2700 އެއާބަސް، A320 އަނބުރައި ވީއައިއޭއަށް ޖެއްސީ ޓްރިވެންޑްރަމަށް ފުރިތާ ކުޑައިރުކޮޅެއް ފަހުން ކަމަށެވެ. ޓެކްނިކަލް މައްސަލައަކާހުރެ ފްލައިޓް ގްރައުންޑް ކުރަން ޖެހުމާ އެކު، އޭގައި ތިބި ފަސިންޖަރުން ފޮނުވާލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މޯލްޑިވިއަނުން ބުނީ ޓްވިވެންޑަރަމަށް މިއަދު ފުރި ފްލައިޓް ކެންސަލް ކުރެވިފައިވާ ކަމަށާއި، މި ކަމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށެވެ. އަދި މޯލްޑިވިއަންގެ ޓީމުތަކުން މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެން ނަމަވެސް ދިމާވި މައްސަލަ އަދި ދެނެގަނެވިފައިނުވާ ކަމަށާއި، މައްސަލަ ދެނެގަނެވުމާއެކު އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް