އެއާޕޯޓް ކައިރިން ކަނޑުމަތީ އިންޖީނު ހުއްޓުނު ލޯންޗެއް ސަލާމަތްކޮށްފި

އިންޖީނު ހުއްޓުނު ލޯންޗާއި މެރިން ޕޮލިސް: އެއާޕޯޓް ބޭރުން، އިންޖީނު ހުއްޓުނު ލޯންޗެއް މެރިން ޕޮލިހުން ސަލާމަތްކޮށްފި --- ފޮޓޯ/އެމްވީ ކްރައިސިސް

މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭރުން އިންޖީނު ހުއްޓިގެން އޮޔާދިޔަ ލޯންޗެއް މެރިން ޕޮލިހުން މިއަދު ސަލާމަތްކޮށްދީފިއެވެ.

މިކަމާ ގުޅިގެން މެރިން ޕޮލިހުން މިއަދު 'ސަން'އަށް ބުނީ، އެ ހާދިސާ ހިނގަައިގެން އުޅޭ ކަމުގެ މައުލޫމާތު ރިޕޯޓްކުރީ ސަލްމާން މިސްކިތް ކައިރީ ހުރި ހޮޓަލެއްގައި ކޮފީ ބޯން އިން މީހެއް ކަމަށެވެ.

އޭރު ތިބީ ހަތަރު ނަންބަރު ޖެޓީއާ ދިމާލުގައި ލޯންޗު އަޅައިގެން ކަމަށާއި އެ މައުލޫމާތު ލިބުމާއެކު ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދިން ކަމަށް މެރިން ޕޮލިހުން ބުންޏެވެ.

މި ހާދިސާ ހިނގައިގެން އެ ޚިދުމަތަށް ރިޕޯޓްކުރީ 17:10 ހާއިރު ކަމަށާއި އެއްވެސް މީހަކަށް އަދި ލޯންޗަށް ވެސް ގެއްލުމެއް ނުވާ ކަމަށް މެރިން ޕޮލިހުން ބުނެއެވެ.

އިންޖީނު ހުއްޓުނު ލޯންޗާއި މެރިން ޕޮލިސް: އެއާޕޯޓް ބޭރުން، އިންޖީނު ހުއްޓުނު ލޯންޗެއް މެރިން ޕޮލިހުން ސަލާމަތްކޮށްފި --- ފޮޓޯ/އެމްވީ ކްރައިސިސް

"ކައްޕިއަކަށް ހުރީ ދިވެއްސެއް ދެން ހުރީ ފަޅުވެރިއަކަށް ބޭރު މީހަކު. އެ ވީގޮތަކީ ކޮޅުން ރާޅު އަރައިގެން އަރިޖަހާލީ،" މެރިން ޕޮލިހުން ބުނެއެވެ.

އޭގެއިތުރުން، މެރިން ޕޮލިހުން ބުނީ ލޯންޗު އޮތް ސަރަހައްދަށް ދެވުނު އިރު ލޯންޗަށް އެޅިފައި ހުރި ފެންގަނޑު ހުރީ ބާލިދީ ފަދަ ތަކެތި ބޭނުންކޮށްގެން ހިއްކަން ފަށާފައި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަދުން ނަމަވެސް މިފަދަ ހާދިސާތައް ދިމާވެއެވެ.

މި ދުވަސްވަރު ގިނަ ބަޔަކު ދަތުރުކުރަމުންދާއިރު، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ. އެހެންކަމުން، ކަނޑު ދަތުރުކުރާއިރު ރައްކާތެރިކަމަށް އިސްކަންދިނުން ވަރަށް މުހިންމެވެ.

comment ކޮމެންޓް