ހައިވޭގައި އެކްސިޑެންޓުވެ މީހަކު މަރުވެއްޖެ

ބުރިޖު: އިއްޔެ ބުރިޖުމަތީ އެކްސިޑެންޓުވި މީހަކު މިއަދު މަރުވެއްޖެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބުރިޖުން ފައިބައިގެން ހައިވޭގައި މާލެއިން ހުޅުމާލެއަށްދާ ފަޅީގައި އިއްޔެ އެކްސިޑެންޓުވި ބިދޭސީއަކު މިއަދު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ސިނަމާލެ ބުރިޖުން ފައިބައިގެން ހައިވޭގައި މާލެއިން ހުޅުމާލެއަށްދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ފެންސުތަކުގައި ޖެހި ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އިއްޔެ ހެނދުނު 6:40 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ލަންކާއަށް ނިސްބަތްވާ ފިރިހެނަކަށެވެ.

އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް މިއަދު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް