އެމެރިކާގައި ޓިކްޓޮކްގެ މައްސަލަ ޖަސްޓިސް ޑިޕާޓްމަންޓަށް ފޮނުވައިފި

--

އެމެރިކާގެ ރެގިއުލޭޓަރު، ޓިކްޓޮކްގެ މައްސަލަ ޖަސްޓިސް ޑިޕާޓްމަންޓަށް ފޮނުވައިފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އަށް މައްސަލަތައް ފޮނުވުމުގެ މައިގަނޑު މަގްސަދަކީ ފެޑެރަލް ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ފެޑެރަލް ދައުވާ ކުރިއަށް ގެންދިއުމެވެ.

ޑީއޯޖޭއަކީ ފެޑެރަލް ގާނޫނުތައް ތަންފީޒުކުރުމާއި ގާނޫނީ ކަންކަމުގައި އެމެރިކާ ތަމްސީލުކުރުމުގެ ޒިންމާ އަދާކުރާ އިދާރާއެވެ.

އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްއާ ދެކޮޅަށް ހުށަހެޅި މައްސަލަ ޖަސްޓިސް ޑިޕާޓްމަންޓަށް ފޮނުވާފައިވާ ކަމަށެވެ.

އެފްޓީސީން ނެރުނު ބަޔާނެއްގައި ބުނީ ޓިކްޓޮކާއި އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް ލިމިޓެޑްގެ ތަހުގީގު ފަށާފައިވަނީ ކުޑަކުދިންގެ އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން އެކްޓް (ކޮޕްޕާ) އާ ހިލާފުވިކަމަށް ބުނެއެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ފާސްކުރި ބިލް މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަސްދީޤުކުރައްވާފައިވާއިރު، ނުވަ މަސް ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް ވިއްކާލުމަށް ބައިޓްޑާންސަށް ފުރުޞަތު ދީފައިވާއިރު، އިތުރު ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް އެކުންފުންޏަށް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

މި ބިލް ކޮންގްރެސްއިން ފާސްކޮށް ބައިޑަން ސޮއި ކުރެއްވީ އެމެރިކާގެ ޓިކްޓޮކް ޔޫޒަރުންގެ ޑޭޓާ ޗައިނާ ސަރުކާރާ ހިއްސާކުރާ ކަމަށް ތުހުމަތު ކުރެވޭ ބައިޓްޑާންސް އިން ޕްރައިވެސީ އާއި ޑޭޓާ ސެކިއުރިޓީ ޕްރެކްޓިސްތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވޭ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް