މާލެއިން 6 ފޫޓުގެ ހަރުފައެއް ފެނިއްޖެ

މާޅޭގެ ގޯޅިގަނޑެއްގެ ތެރެއިން ފެނުނު ހަރުފަ --- ފޮޓޯ/ މުހައްމަދު ޝަފްނީޒް

މާލޭގެ ގޯޅިގަނޑަކުން ރޭ ހަރުފައެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މާފަންނު ސަހަރާގެ ހުޅަނގުން އޮންނަ އިއްޒުއްދީން މަގުގެ ގޯޅިގަނޑެއްގެ ތެރެއިން ހަރުފައެއް ފެނިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިށް ރޭ 8:46 ހާއިރު ލިބުނު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، މާލެއިން ރޭ ފެނިފައިވަނީ ހަ ފޫޓުގެ ދިގު ހަރުފައެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެ މައުލޫމާތު ލިބުމާ އެކު އެ ތަނަށް ވަގުތުން އެޓެންޑްވެ، ސަލާމަތްތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އެކަމަކު، އެއީ ކޮން ކަހަލަ ހަރުފައެއް ކަމެއް، އެ ހަރުފަ މާލެ އެތެރެވީ ކިހިނެއް ކަމެއް އެމްއެންޑީއެފުން ބުނެފައެއް ނުވެއެވެ.

ހަރުފައަކީ ރާއްޖެއެތެރުކުރުން މަނާ އެއްޗެކެވެ. ނަމަވެސް، ދޭތެރެއަކުން މާލެއިން ހަރުފަ ފެނެއެވެ.

އާންމުކޮށް މިހެން ފެންނަ ހަރުފަތަކަކީ ރާއްޖެ ގެންނަ ލަކުޑި ކޮންޓެއިނަރުތަކުގެ ތެރޭގައި އަންނަ ހަރުފަތަކެވެ.

comment ކޮމެންޓް