އިންޑޮނޭޝިއާގައި ގެއްލިގެން ހޯދި އަންހެނަކު ފެނުނީ ހަރުފައެއްގެ ބަނޑު ތެރެއިން

އިންޑޮނޭޝިއާއިން ގެއްލިގެން ހޯދި އަންހެނަކު ހަރުފައެއްގެ ބަނޑު ތެރެއިން ވަނީ ފެނިފައި -- ފޮޓޯ/ދަ ސްޓޭންޑާޑް

އިންޑޮނޭޝިއާއިން ގެއްލިގެން ހޯދި އަންހެނަކު ހަރުފައެއްގެ ބަނޑުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އުމުރުން 36 އަހަރުގެ ސިރިއާތީ އޭނާގެ ބަލި ދަރިފުޅަށް ބޭސް ގަންނަން އަންގާރަ ދުވަހުގެ ހެނދުނު ގެއިން ނުކުމެގެން ދިޔަ ފަހުން ޚަބަރެއް ނުވެގެން ހޯދަނިކޮށް ހަރުފައިގެ ބަނޑުތެރެއިން ފެނުނީ އޮތް ގޮތަށް ދިރުވާލާފައި އޮއްވައެވެ.

އޭނާގެ ފިރިމީހާ އަޑިއަންސާ، 30، އެ މީހުންގެ ގެއާ ގާތްގަޑަކަށް 500 މީޓަރު ދުރުން ފެނުނީ އެ އަންހެންމީހާގެ ފައިވާނާއި ހަރުވާޅެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ހަރުފަ ފެނުނު ކަމަށާއި އޭރު ހަރުފަ މަރުނުވާ ކަމަށް އަޑިއަންސާއާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެ އަވަށުގެ ސެކްރެޓަރީ އިޔާންގް އޭއެފްޕީއަށް ވިދާޅުވީ، ހަރުފައިގެ ބަނޑުގައި މީހަކު އޮތްކަން އަޑިއަންސާއަށް ޝައްކުވީ އޭގެ ބަނޑު އާދަޔާ ހިލާފަށް ބޮޑުކަން އަޑިއަންސާއަށް ފާހަގަވުމުން ކަމަށެވެ. އޭނާ އެ ހިސާބުގެ އާންމުންގެ އެހީ ހޯދައި ހަރުފަ ހިފައި، އޭގެ ބަނޑު ފަޅާލިއިރު ފެނުނީ ގެއްލުނު މީހާގެ ހަށިގަނޑެވެ.

އެއީ، ވުން ވަރަށް ނާދިރު ކަމެއް ކަމުގައިވިޔަސް، ފާއިތުވި ދުވަސްތަކުގައި ޕައިތަންގެ ޝިކާރައަކަށް އެތައް ބަޔަކު ވެފައިވެއެވެ.

ދެކުނު ސުލަވޭސީގެ އެހެން ޑިސްޓްރިކްޓެއްގައި ވެސް ހަރުފައެއްގެ ބަނޑު ތެރެއިން އަންހެނަކު މަރުވެފައި އޮއްވައި މިދިޔަ މަހު ވަނީ ފެނިފައެވެ. އެ ސަރަހައްދުގެ ދަނޑު ވެރިއެއްގެ ގައިގައި އޮޅައިލައިގެން ކާން އޮތް އޮތް އަށް މީޓަރުގެ ހަރުފައެއް ވެސް މިދިޔަ މަހު ވަނީ ފެނިފައެވެ. އެ ހަރުފަ ފަހުން ވަނީ މަރައިލައިފައެވެ.

ސުލަވޭސީގެ މުނާ ޓައުންގައި ހަތް މީޓަރުގެ ޕައިތަންއެއްގެ ތެރެއިން 54 އަހަރުގެ އަންހެނެއްގެ ހަށިގަނޑު 2018 ވަނަ އަހަރު ވެސް ފެނިފައިވެއެވެ. އަދި, މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅަނގު ސުލަވޭސީގެ ދަނޑުވެރިއަކު ގެއްލިގެން ހޯދަނިކޮށް ވެސް ހަތަރު މީޓަރުގެ ޕައިތަންއެއްގެ ބަނޑުން ފެނުނެވެ.

comment ކޮމެންޓް