200އަށްވުރެ ގިނަ ބަނގުރާފުޅިއާ އެކު ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް

ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 62 އަހަރުގެ މީހާގެ ބަންދަށް 10 ވަނީ 10 ދުވަސް ޖަހާފައި -- ފޮޓޯ/ ޕޮލިސް

ކ. މާފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 62 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މާފުށީ ބޭރުގައި އޮތް ސަފާރީއަކުން އެ މީހާ ހައްޔަރުކުރީ ހުއްދަނެތި ބަނގުރާ ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައެވެ.

އެ ސަފާރީ ބަލައިފާސްކޮށް، 200 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއި ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

https://sun.mv/193220

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި 62 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގާފައިވަނީ މާފުށި ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓާއި ފޮރެންސިކް ޑިޕާޓްމަންޓުގެ އިތުރުން މެރިން ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ.

ބޮޑެތި އަދަދުުތަކުން މަސްތުވާތަކެއްޗާއި ބަނގުރަލާ އެކު ދޭތެރެދޭތެރެއިން މީހުން ހައްޔަރު ކުރެއެވެ. މި ފަދަ މައްސަލަތަކުގައި ބިދޭސީންގެ އިތުރުން ދިވެހީންގެ ހައްޔަރުކުރާކަން ފާހަގަ ކުރެވެއެވެ.

comment ކޮމެންޓް