ގަވާއިދާ ޚިލާފަށް މީހުން ބަރުކޮށްގެން ދުއްވި ދެ ލޮރީ ޑްރައިވަރުންނަށް ފިޔަވަޅު އަޅައިފި

ގަވާއިދާ ޚިލާފަށް ބްރިޖު މަތިން މިއަދު ދުއްވާފައިދިޔަ ދެ އުޅަނދަކާމެދު ފުލުހުން ވަނީ ފިޔަވަޅު އަޅާފައި --

ސިނަމާލެ ބްރިޖު މަތިން މިއަދު ގަވާއިދާ ޚިލާފަށް މީހުން ބަރުކޮށްގެން ދުއްވާފައިވިޔަ ދެ ވެހިކަލަކާމެދު ފުލުހުން ފިޔަވަޅު އަޅައިފިއެވެ.

ފުލުހުންގެ ތަރުޖަމާން، އެސިސްޓެންޓް ކޮމިޝަނަރު އަޙުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހުން ބަރުކޮށްގެންދިޔަ ދެ ވެހިކަލެއް ހުއްޓުވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ދެ ވެހިކަލް ދުއްވި ޑްރައިވަރުންގެ ލައިސެންސް ވެސް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިއަދު 17:17ހާއިރު، ބްރިޖުގެ އެއާޕޯޓު ލައިޓުން އިރުން ހުޅަނގަށް ދުއްވާފައިދިޔަ އުޅަނދެއްގެ ފަހަތަށް، ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ މީހުން އަރުވައިގެން ދުއްވި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ހަމަ މިއަދު، 18:18ހާއިރު، ބްރިޖު ހައިވޭގައި ދެކުނުން އުތުރަށް ލައިސެންސް ނެތި، އަދި ރެޖިސްޓްރީ ނުކުރާ އުޅަނދެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ވެސް ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބޭރުގެ އެތައް ބަޔަކު، ދުއްވާފައިދިޔަ ކުޑަކުޑަ ޕިކަޕެއްގެ ތެރެއިން ނުކުންނަ މަންޒަރު ފެންނަ ވީޑިއޯއެއް މި ދޭތެރެއިން ސޯޝަލް މީޑިއާގައި އާންމުވިއެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލޭ މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް 163 އުޅަނދެއް މިދިޔަ ދެ ދުވަހު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނީ މިއަދުއެވެ. ފުލުހުން ބުނީ، މަގުމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ޓޯކޮށްފައިވާ ކަމަށެވެ.

https://www.sun.mv/193244

މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެހެންވެ، ޕާކިން ޒޯންތަކުގައި ނޫނީ ޕާކުނުކުރާން ފުލުހުން ވަނީ އެދިފައެވެ.

މާލޭގައި ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ރެޖިސްޓްރީކޮށްގެން ދުއްވާ ގާތްގަނޑަކަށް 80،000 ވެހިކަލް ދުއްވައެވެ.

comment ކޮމެންޓް