'ދިރާގު ޢީދު ބޮނޑިބަތް' މި އަހަރު ވެސް އޮންނާނެ

"ދިރާގު އީދު ބޮނޑިބަތް" ހަރަކާތުގެ ތެރެިން --- ފޮޓޯ/ ދިރާގު

"ދިރާގު ޢީދު ބޮނޑިބަތް" ހަރަކާތް މި އަޟުހާ ޢީދުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން މިއަދު ބުނެފިއެވެ.

މުޖުތަމައުގެ ތެރޭގައި ޢީދުގެ އުފާވެރި ރޫހު އާލާކުރުމުގެ ގޮތުން މިދިޔަ އަހަރު ދިރާގުން ފެށި މި ހަރަކާތް މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުޅުމާލެ، މާލެ އަދި ވިލިމާލޭގައެވެ.

ހުޅުމާލޭގައި "ޢީދު ބޮނޑިބަތް" ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯސްޓިން ޕާޓްނަރުންގެ ގޮތުގައި ހައުސިން
ޑިވެލޮޕްމެންޓް ކޯޕަރޭޝަން 'އެޗްޑީސީ'އާއި ގުޅިގެންނެވެ. މާލެއާއި ވިލިމާލޭގައި "ޢީދު ބޮނޑިބަތް" ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ގުޅިގެންނެވެ.

މިއީ ދިރާގު "ޢީދު ބޮނޑިބަތް" ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

"ދިރާގު ޢީދު ބޮނޑިބަތާ އެކު މާލެ ސަރަހައްދުގައި އަޟްހާ ޢީދުގެ ހަރަކާތްތައް ފަށައި މި އުފާވެރި ދުވަހުގައި ތިޔަ ހުރިހާ ބޭފުޅުންނާ ހިއްސާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސަގާފީ އާދަކާދަތަކާއި މުޖުތަމައުގެ އެންމެން ޝާމިލުވާ ގޮތަށް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް،" ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވިއެވެ.

"ދިރާގު ޢީދު ބޮނޑިބަތް" ހަރަކާތް ކުރިއަށްދާނީ ޢީދު ނަމާދަށް ފަހު ހެނދުނު 7:30 ގައި ތިން ސަރަހައްދެއްގައެވެ. އެއީ:

• މާފަންނު ސްޓޭޑިމް، މާލެ
• ފުޓުބޯޅަ ދަނޑު، މާލެ
• ސިންތެޓިކް ޓްރެކް، ހުޅުމާލެ ފުރަތަމަ ފިޔަވަހި

ގުޅޭ ޓެގު
comment ކޮމެންޓް