ފަލަސްތީނަށް ތާއީދުކުރާތީ ކެނެޑާގެ މުސްލިމު އާއިލާއެއްގެ ގޭގައި ރޯކޮށްލައިފި

އަލިފާން ރޯކޮށްލި މައްސަލައިގައި ފުލުހުން ވާހަކަ ދައްކަން މަސައްކަތްކުރާ މީހެއް -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ފަލަސްތީނުގެ ހައްގުގައި ފާޅުގައި އަޑު އުފުލުމުން ކެނެޑާގެ މުސްލިމު އާއިލާއެއް ދިރިއުޅެމުންދިޔަ ގެއެއްގައި ރޯކޮށްލައިފިއެވެ.

އެ މައްސަލަ މިހާރު ކެނެޑާ ފުލުހުން އަންނަނީ ބަލަމުންނެވެ. ނަމަވެސް، މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

ފާއިތުވި މަސްތަކުގައި އެ އާއިލާއަށް އެތައް ފަހަރަކު ހަމަލާ އަމާޒުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"ހަގީގަތުގައި ވެސް އެއީ ނަފުރަތުގެ ޖަރީމާއެއް އަދި އެއީ ފަލަސްތީނާ ދެކޮޅު ހިންގި ނަފުރަތުގެ ޖަރީމާއެއް،" އެ ގޭގެ ވެރިމީހާ ބުންޏެވެ.

"އަޅުގަނޑުމެންގެ އުފަން ކެނެޑާގައި، އަޅުގަނޑުމެންގެ ގައުމުގައި، އަޅުގަނޑުމެންގެ ވާހަކަދެއްކުމުގެ މިނިވަންކަން ނަގާލުމަކީ ހިތާމަހުރި ކަމެއް،"

ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ގެއަށް ލިބުނު ގެއްލުން ގާތްގަނޑަކަށް 30،000 ޑޮލަރަށް އަރާނެއެވެ. ނަމަވެސް، އެއީ އޭނާ ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި ކަންބޮޑު ވަނީ ސުލްހަ ގެއްލުމުން ކަމަށް ގޭގެ ވެރިޔާ ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށްގެން އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 37،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

comment ކޮމެންޓް