Ooredoo
Dhiraagu

ލަސްވިޔަސްގެ ވަދާއީ ޝޯ ހުކުރު ދުވަހު

މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ އިޓާނަލް ޕިކްޗާސް އިން މިހާރު ދައްކަމުން އަންނަ ފިލްމު "ލަސްވިޔަސް"ގެ ވަދާއީ ޝޯތައް ދައްކަން ފަށައިފިއެވެ.

ADK GENERAl

ގިނަ އަދަދެއްގެ ފަންނާނުން ފެނިގެންދާ މި ބޮޑު ޕްރޮޖެކްޓް ޕްރިމިއާ ކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހެވެ. އެއަށް ފަހު ގިނަ ދުވަހެއް ވަންދެއް އޮލިމްޕަހުގައި ފިލްމު ދައްކަމުން ދިޔައީ ކާމިޔާބު އެތައް ޝޯތަކަކާ އެކުގައެވެ.

އެއާއެކު މިހާރު މިއޮތީ ފިލްމުގެ ވަދާއީ ޝޯ ދެއްކުމަށް ތައްޔާރުވެފައެވެ. އިޓާނަލް ޕިކްޗާސްއިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 14 ވާ ހުކުރު ދުވަހުގެ ރޭގައި ފިލްމުުގެ ފަހު ޝޯ ދައްކާނެއެވެ.

ފިލްމުގެ ފަހު ޝޯ އެޅުވުމަށް ތައްޔާރުވަމުންދާއިރު މި ޝޯއަށް އަދިވެސް ދަނީ ޓިކެޓު ދޫކުރަމުންނެވެ. އަދި، ޓިކެޓު ނަގަން ބޭނުންވާ ފޭނުން 7554411 އަށް ގުޅާލައިގެން ޓިކެޓު ބުކް ކުރެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

އޮލިމްޕަހުން ފިލްމު ނެގުމަށް ފަހު ފިލްމު ޑިޖިޓަލްއަށް ދޫކޮށްލުމާ ގުޅޭގޮތުން ވަކި ގޮތެއް އަދި އިޓާނަލް ޕިކްޗާސްއިން ނިންމާފައެއް ނުވެއެވެ.

ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަނެވެ. އޭގެ އިތުރުން، އަހުމަދު އީސާ (އާނަންދު)އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެނިގެން ގޮސްފައިވެއެވެ.

އެ ފިލްމަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ ޕްރޮޑިއުސް/ޑައިރެކްޓްކުރި ފިލްމެކެވެ. "ލަސްވިޔަސް" އަކީ ޓެޑްރީގެ ތިންވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމު "ދެރިޔާ" އަދި ކާމިޔާބު ފިލްމު "އަމާނާތް" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަށް ފަހު ލަސްވިޔަސް ރިލީޒްކޮށްފައި މިވަނީ 30 އަހަރު ފަހުންނެވެ.

Redstar
comment ކޮމެންޓް

comment ޖަރުމަނު

10 month 2 week ago

ފިލުމު އާދައިގެ. ސިނަމާއިން ނިކުން ފަހުން ފިލްމް މަތިން ހަނދާން ނެތިއްޖެ. އެކްޓިން ވެސް އެވެރޭޖް. ޑިރެކްޝަންވެސް އެވެރެޖް. އޮވޯރޯލް ފިލްމަށް ދޭނީ "C" އެއް.

comment ފަރުހަތު

10 month 2 week ago

ކާމިޔާބު ޝޯތަކެއް ކަމަށް ނުބުނެވޭނެ. 2 މަސް ދުވަސް ވީއިރު ހައުސްފުލްވީ ކިތައް ޝޯކަން ބަޔާންކުރިނަމަ ދޯ. މަދިޔަރޭ ހަމަގައިމުވެސް ފަންސާހަކަށް މީހުންވެސް ނެތް. ފިލްމު ނާޅުވާ އެތައް ރެއެއް ވެސް ދިޔަކަމަށް ވޭ. ރަގަޅު ރިވިއު އެއް ލިޔެލަންވާނެ. މިހެންމިވީ ބައިވަރު ސަބަބުތަކާހެދި. ޗުއްޓީ އާ ދިމާވުމާ ވިއްސާރަޔާ މިހެންގޮސް އެތައް ކަމަކާހުރެ. ކޮންމެހެން ފިލްމު ގޯސްވެގެނެއް ނޫން. އެކަމަކު ހަގީގަތް ހާމަކުރަންވާނެ. ލަސްވިޔަސް އަކީ ބޮކްސްއޮފީހުގައި ފްލޮޕެއްކަމަށް ބެލެވެނީ. މީގެ ހަގީގީ ކްރިޓިކްއެއް ލިޔެލާނެ ލިޔުންތެރިއަކު ހުންނާނެކަމާމެދު ޝައްކު.