އަންނަ ހަފުތާގައި ބީއެމްއެލް ހުޅުވާނީ ހަމައެކަނި އަންގާރަ ދުވަހު

އަންނަ ހަފުތާގައި ބީއެމްއެލް ހުޅުވާނީ ހަމައެކަނި އަންގާރަ ދުވަހު -- ފޮޓޯ: ބީއެމްއެލް

އީދު ބަންދަށް އަންނަ ހަފުތާ އެއްކޮށް ސަރުކާރުން ބަދަލުކުރުމާ ގުޅިގެން ބީއެމްއެލް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އަންގާރަ ދުވަހުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ބުނެފިއެވެ.

އެމްއެމްއޭއިން އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން، އަޟްހާ އީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބީއެމްއެލް ހުޅުވުމަށް ހަމަޖެހިފައިވަނީ މި އަންނަ ހަފުތާ އަންގާރަ ދުވަހު ހެނދުނު 08:30 އިން މެންދުރު 02:00 އަށެވެ.

ބީއެމްއެލް އިން ބުނީ މި ބަންދު ދުވަސްތަކުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

އަންނަ ހަފުތާގައި ބީއެމްއެލް ހުޅުވާނީ ހަމައެކަނި އަންގާރަ ދުވަހު -- ފޮޓޯ: ބީއެމްއެލް

މީގެއިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެކުންފުނިން އެދެނީ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިން ޚިދުމަތްތައް ހޯދުން ކަމަށެެވެ.

comment ކޮމެންޓް