ޢީދު ބަންދުގައި ވެސް އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ދިވެހި ޕާސްޕޯޓު -- ފޮޓޯ/ ރާއްޖެ އެމްވީ

މި އަހަރުގެ ޢީދު ބަންދުގައި ވެސް އޮފީހަށް ހާޒިރުވެގެންނާއި، އިމުގާ މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ވަނީ މި އަހަރުގެ އަޟްހާ ޢީދުގައި އެ އިދާރާއިން ޚިދުމަތްދޭ ގަޑިތައް ހިއްސާކޮށްފައެވެ.

އެގޮތުން އިމުގާ މެދުވެރިކޮން ޕާސްޕޯޓަށް އެދި ހުށަޙެޅުމުގެ ފުރުސަތު 24 ގަޑިއިރު ހުޅުވާލެވިފައިވެއެވެ. އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި އެމެޖެންސީ ހާލަތްތަކުގައި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަޙެޅުމުގެ ފުރުސަތު ވެސް ހެނދުނު 9:00 އިން 13:00 އަށް ލިބޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ޕާސްޕޯޓާ ހަވާލުވުމާއި ނަންބަރު ދޫކުރުން ހެނދުނު 8:30 އިން ފެށިގެން ހަވީރު 16:00 އަށް ކުރިއަށްދާނެ ކަމަށާއި ކިއުބީ އެޕްލިކޭޝަންގެ އިތުރުން އިމިގްރޭޝަނަށް ހާޒިރުވެގެން ވެސް ނަންބަރު ނެގޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހެނދުނު 8:30 އިން 16:00 އަށް ޚިދުމަތްދޭއިރު 12:00 އިން ފެށިގެން 12:45 އަށް ނަންބަރު ދޫކުރުން މެދުކެނޑޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ވަނީ އެމަޖެންސީ ހާލަތުގައި އިމިގްރޭޝަންގެ ނަންބަރު 9555333 އަށް ގުޅުމަށް އާންމުންގެ ކިބައިން އެދިފައެވެ.

ހަފުތާ ބަންދު ދެ ދުވަހާއި އެކު މި އަހަރުގެ ޢީދު ބަންދުގެ ގޮތުގައި ނުވަ ދުވަހުގެ ޗުއްޓީއެއް ލިބެއެވެ.

comment ކޮމެންޓް