ސްޓާފް މެޑިކަލް އެކްސްޕެންސްގެ ގޮތުގައި ސިފައިންނާއި ފުލުހުންނަށް ޚަރަދު ކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމުގެ ކަންބޮޑުވުން، އޮޑިޓާ ޖެނެރަލްގެ މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި ފާޅުކޮށްފިއެވެ.
ސްޓާފް މެޑިކަލް އެކްސްޕެންސްގެ ގޮތުގައި 2023ވަނަ އަހަރު ބަޖެޓުކޮށްފައި އޮތީ 170 މިލިއަން ރުފިޔާއެވެ.
އޮޑިޓު އޮފީހުން ނެރުނު ބަޖެޓު ޕޮޒިޝަން ރިވިއު ރިޕޯޓުގައިވާ ގޮތުން 2023ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ނިޔަލަށް އެ ބަޖެޓުވަނީ އެއްކޮށް ޚަރަދުކޮށްފައެވެ. އަދި ބަޖެޓަށް ބަލާއިރު އަހަރު ނިމޭއިރު ހަރަދުވާނީ 241 މިލިއަން ރުފިޔާ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. އެއީ ފާސްކޮށްފައިވާ ބަޖެޓަށް ވުރެ 35 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

2019އިން 2023އަށް ސްޓާފް މެޑިކަލް އެކްސްޕެންސް -- އޮޑިޓް ރިޕޯޓު
އާސަންދައިން ވެސް ހިލޭ ބޭސްފަރުވާކުރެވޭއިރު، ފުލުހުންނާއި ސިފައިންނަށް ހިލޭ ބޭސް ފަރުވާ ކުރެވޭ އިތުރު ސްކީމެއް އޮތުމުން ބަޖެޓަށް ބުރައަކަށްވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އާސަންދައަށް މިދިޔަ އަހަރު ބަޖެޓުކޮށްފައި އޮތީ 1.04 ބިލިއަން ރުފިޔާއެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހުގެ ނިޔަލަށް އާސަންދައިގެ ޚަރަދުވަނީ ފާސްކޮށްފައިވާ ބަޖެޓަށްވުރެ 49 އިންސައްތަ (ޖުމްލަ 1.55 ބިލިއަން ރުފިޔާއަށް) އިތުރުވެފައެވެ. އެ ކަމުގެ ނަތީޖާއެއްގެ ގޮތުން އާސަންދަ ސްކީމަށް 1.2 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް ކަނޑައެޅިއެވެ.
ފާއިތުވި އަހަރުތަކުގައި އާސަންދައިގެ ޚަރަދުތައް ބަޖެޓަށްވުރެ ފަހަނައަޅައި ގޮސްފައިވާއިރު، އަދި އެ ޚަރަދުތައް އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، އާސަންދަ ފާހަގަކުރެވެނީ ސަރުކާރަށް އޮތް ބޮޑު މާލީ ބުރައެއްގެ ގޮތުގައި ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އާސަންދައަށް ކުރި ހޭދަ، 838 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ހޭދަވަނީ 60 އިންސައްތައަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު، 2018 ވަނަ އަހަރާ އަޅައިބަލާއިރު އާސަންދައިގެ ޚަރަދު ވަނީ 40 އިންސައްތަ އިތުރުވެފައެވެ.
comment މުޙައްމަދު
10 month 1 week ago
އޮޑިޓު އޮފީހުގެ ހަރަދުތަކާއި މުވައްޒަފުންގެ މުސާރަ ވެސް ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުން. ތިއީ ސީދާ ބޭކާރު ރިޕޯޓު ނެރޭ ބައެއް. އޮޑިޓު އޮފީސް އުވާލައި ޕްރައިވެޓައިޒްކުރަން ގޮވާލަން
comment މާރުކޭޓުމީހާ
10 month 2 week ago
މިވާގޮތަކީ މުއައްސަސާތަކުން ބަޖެޓް ލަފާކޮށްފަ ފޮނުވާ އަދަދުން ބޮޑުބައެއް މަޖިލީހުން އޮންނަނީ ކަނޑާލާފަ. މަޖިލީހން ބަޖެޓުގެ ބޮޑުބައެއް އުނިކުއިނަމަވެސް ބަލިވާ މީހުންނާއި ބޭސްފަރުވާ ކުރަން ޖެހޭ މީހުންގެ އަދަދު މަޖިލީހަށް މަދެއް ނުކުރަވޭނެތާ. އަނެއްކޮޅުން ދުވަހެއް ދުވަހަކަށް މުއައްސަސާތަކަށް ވަޒީފާއަށް ވައްދާ މީހުން ދަނީ އިތުރުވަމުން. ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަކީ ހަމައެކަނި މުވައްޒަފަށް އޮންނަ އެއްޗެއްނޫން. އެއީ 18 އަހަރު ނުފުރޭ ދަރިންނާއި މައިންބަފައިންނާއި އަނބިން ފިރިންނަށްވެސް ދޭންޖެހޭ އެއްޗެއް. އެހެންވީމަ ވިސްނާލަބަލަ އެންމެ މީހަކަށް ވަޒީފާ ދިނަސް ބޭސްފަރުވާކުރަން އިތުރުވެގެން އެދަނީ ކިތައް މީހުންތޯ. މިސަރުކާރު އައިފަހުން މިފެންނަނީ ކޮށްދޭ ކަންތަކަށް ކަލަގޮވާތަން. ދެން ބޭސްފަރުވާ ކަނޑާލަންވީނު. އާސަންދަ ކަނޑާލަންވީނު. 65 އަހަރުން މަތީ މީހުންނަށް ދޭ ލާރިކޮޅުވެސް ކަނޑާލަންވީނު. ހިލޭ ކޮށްދޭ ހުރިހާ ކަމެއް ކަނޑާލަންވީނު.
comment ބޮޑުވީ
10 month 2 week ago
ބޮޑުވެގެން އުޅެންޏާ ތިވެސް ކަޑާލާ، ޕެނަޑޯލް ކައިގެން ޑިއުޓީ ކުރެވިދާނެ. ބަލިވެގެން ޑިއުޓީ ނުކުރެވޭ ވަރުވީމާ ކަޑާލާފަ އަލުން ރެކްރޫޓް ކުރާނީ '' އޭރުން ޤައުމަށް ލިބޭނީ ރެކްރޫޓް ޚިދުމަތް''
comment އަންނި
10 month 2 week ago
ައަހަރަކަށް ވުރެ އަހަރެއް ޑޮކްޓަރަށް ދައްކާ އަގުވެސް ދަނީ ބޮޑުވަމުން އަދި އޭރު ހުރި އަގަކަށް ނޫން މިހާރު ބޭސްތަކާއި ދޭ ފަރުވާގެ އަގުހުރީ. އެކަން ކޮންޓްރޯލް ނުކުރަންޏާ ޚަރަދު ބޮޑުވާނެ. ތިހާ ގަމާރު ނުވެބަލަ.
comment ހަސަންބޭ
10 month 2 week ago
ބޭސްފަރުވާ ގެ ހަރަދަކީ ދަރިން ގިނަ ވާ ވަރަކަށް އިތުރުވާ ހަރަދެއް. އަހަރުން އަހަރަށް ސިފައިންނާ ފުލުހުންގެ އާއިލާތަކަށް ކިތަށް މީހުން އިތުރުވާނެ. އެ ސްކީމް އޮންނަންޏާ ޖެހޭނީ ބޭސްފަރުވާ ކޮށްދޭން..
comment ސސ
10 month 2 week ago
ބަލަ ބަޖެޓް ކަންޑައެޅިޔަސް މެޑިކަލް އެއީ މީހާ ބަލިވީމަ އަދި ބަލީގެ ގޮތުންވެސް ހަރަދު ބޮޑުވެދާނެ ކަމެއް ނުންތަ ހޯދަންޖެހޭ ފަރުވާގެ ގޮތުން !