އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އެޗްއާރުސީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ -- ފޮޓޯ/ އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެޗްއާރުސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހުން ކަމަށެވެ.

އެގޮތުން، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓު މެދުވެރިކޮށް ޑައުންލޯޑު ކުރެއްވޭނެއެވެ.

މި ވަގުތު އެކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ ރައީސް މަރިޔަމް މުނާ، މެންބަރު މުއުމިނާ ވަހީދު، މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އަދި މެންބަރު ސަމާއު އަހުމަދު ނަޖީބެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. މެންބަރުކަމުން ވަކިކުރާ މީހުން ފިޔަވާ އެހެން މެންބަރުންނަށް ފަސް އަހަރުގެ އިތުރު ދައުރެއް ވެސް އަދާ ކުރެވޭނެއެވެ.

comment ކޮމެންޓް